އެމެރިކާ ޑޮލަރު
އެމެރިކާ ޑޮލަރު
ދުނިޔެ 04 Apr 2026 | 08:29

ޔޫއޭއީގެ 3.5 ބިލިއަން ޑޮލަރުގެ ދަރަނި މި މަހު އަނބުރާ ދެއްކުމަށް ޕާކިސްތާނުން ނިންމައިފި

ޕާކިސްތާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދައްކަންޖެހޭ 3.5 ބިލިއަން ޑޮލަރުގެ ދަރަނި މި މަސް ނިމުމުގެ ކުރިން އަނބުރާ ދެއްކުމަށް ނިންމައިފި ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ހާމަކުރައްވައިފިއެވެ.

މި ނިންމުމަކީ ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ބޮޑު ނުފޫޒެއް ފޯރާނެ ކަމެއް ނަމަވެސް، "ގައުމީ ކަރާމާތް" ދެމެހެއްޓުމަށްޓަކައި ސަރުކާރުން އުފުލަން ބޭނުންވާ ބުރައެއް ކަމަށް އޮފިޝަލް ސިފަކުރެއްވިއެވެ.

މި ފައިސާ އަނބުރާ ދެއްކުމަށް ނިންމާފައިވަނީ އެ ފައިސާ ވަގުތުން އަނބުރާ ދެއްކުމަށް އަބޫދާބީން އެދުމާ ގުޅިގެންނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، މާލީ މަންފާއަކަށްޓަކައި ގައުމުގެ ކަރާމާތަށް ދޫދެވޭކަށް ނެތެވެ. އެހެންކަމުން، ވީ އެންމެ އަވަހަކަށް އެ ފައިސާ ދައްކައި ހަލާސްކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ޔޫއޭއީން މި ފައިސާ ޕާކިސްތާނަށް ދީފައިވަނީ 2019 ވަނަ އަހަރު، އެ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ބޭރު ފައިސާގެ ތަފާތުތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮންގުންނެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ދީފައިވާ މި ޑިޕޮސިޓްތައް މީގެ ކުރިން އެތައް ފަހަރަކު ވަނީ އައުކޮށްދީފައެވެ. ނަމަވެސް، ފަހަކަށް އައިސް މި މުއްދަތު އިތުރުކޮށްދެނީ ވަރަށް ކުރު މުއްދަތަކަށް ކަމަށްވުމުން، މި އިންތިޒާމު ކުރިއަށް ގެންދިއުމަށް ޔޫއޭއީން ބޭނުން ނުވާކަން ހާމަވާ ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.

ޕާކިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވްގައި މިހާރު ހުރީ ގާތްގަނޑަކަށް 16.3 ބިލިއަން ޑޮލަރެވެ. މީގެ ތެރެއިން 3.5 ބިލިއަން ޑޮލަރު ދެއްކުމުން، ރިޒާވްގެ 18 އިންސައްތަ އެއްފަހަރާ މަދުވެގެންދާނެއެވެ. މީގެ ސަބަބުން ޕާކިސްތާނުގެ ފައިސާގެ އަގު ދަށްވެ، އައިއެމްއެފް ޕްރޮގްރާމްގެ ދަށުން އެ ގައުމުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އިގްތިސާދީ މާހިރުން އިންޒާރުދެއެވެ.

މި މައުޟޫޢުގައި ޕާކިސްތާނުގެ ފައިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ:

ޕާކިސްތާނުގެ ފައިނޭންސް މިނިސްޓްރީން ކުރި ޕޯސްޓް

ފައިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ބޭރުގެ މާލީ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ގައުމުން ދެމިއޮންނާނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭރުގެ ފައިސާގެ މުއާމަލާތްތައް މިނިސްޓްރީން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު
17 Nov 2026 ދުނިޔެ

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ
12 Nov 2026 ދުނިޔެ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ

އާންމު އުމްރާނީ ތަރައްގީއާއި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން، "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ސީޕެކް 2.0 ގެ ދެވަނަ ފިޔަވަހީގެ މައިގަނޑު އަސާސެއްގެ ގޮތުގައި މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އައު އީޖާދުތައް ހިމަނާފައެވެ.