N/A
N/A
ހަބަރު 29 Sep 2026 | 07:30

ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު އެމްއެންޔޫއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑާއި ހިލްޓަން މޯލްޑިވްސް އަމިނގިރި ރިސޯޓް އެންޑް ސްޕާ އާއި ވެލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓާ އެކުގައެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހު އެމްއެންޔޫގެ ސެންޓްރަލް ބިލްޑިންގުގައެވެ. އެމްއެންޔޫގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އާއި ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒުލައިޚާ ރީޝާ ރަޝާދެވެ.

ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުގެ ފަރާތުން ސޮއިކުރީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ނިކް ފްލީން އެވެ. ހިލްޓަން އަމިނގިރީގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު މާކް އެލެޓްރެވެ. ވެލްޑޯފް އެސްޓޯރިއާ އިތާފުށީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑައިރެކްޓަރު ޓީޖޭ ޖޫލަކެވެ.

އެމްއެންޔޫއިން ބުނީ މި ފަހުމުނާމާތަކުގެ ސަބަބުން ދަރިވަރުންނަށް އިންޓާންޝިޕާއި ޢަމަލީ ތަޖުރިބާ އާއި ފަންނީ ތަރައްޤީ އާއި ބައިނަލްއަޤުވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ލިބުމުގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޔުނިވާސިޓީ އާއި ސިނާޢީ ދާއިރާއާ ދެމެދު އޮތް ގުޅުން ވަރުގަދަވެ ދަރިވަރުން ފަތުރުވެރިކަމުގެ ދާއިރާއަށް ތައްޔާރުކުރުމަށް ބާރު ލިބޭނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

ޝުކުރު ދެންނެވުމުގެ ވާހަކަފުޅުގައި ޒުލައިޚާ ރީޝާ ރަޝާދު ވިދާޅުވީ މި ސޮއިކުރުމަކީ އައު ގުޅުމެއް ފެށުމެއް ނޫން ކަމަށާއި ކުރިންސުރެ ދެމެހެއްޓެމުން އައި ގުޅުން ރަސްމީ ސިފައެއްގައި ބަލައިގަނެ އިތުރަށް ހަރުދަނާ ކުރުމެއް ކަމަށެވެ. އޭނާ ވަނީ ތިން ރިސޯޓުގެ ލީޑާޝިޕާއި ހިއުމަން ރިސޯސަސް ޓީމުތަކާއި އެމްއެންޔޫގެ މެނޭޖްމަންޓާއި ލީގަލް އޮފީހާއި ޔުނިވާސިޓީ ސެކެޓޭރިއެޓަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

މި އެއްބަސްވުންތަކަކީ ސިނާޢީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ގުޅުން ވަރުގަދަ ކުރުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އެ ޔުނިވާސިޓީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...