އިނގުރައިދޫ ކެޕްޓަން އަލީ ހާފިޒް
އިނގުރައިދޫ ކެޕްޓަން އަލީ ހާފިޒް
ކުޅިވަރު 25 Feb 2023 | 14:34

އެންމެ ފަހުގެ ޗެންޕިއަން ދުވާފަރު ބަލިކޮށް، ރ. އަތޮޅުގެ ޗެންޕިއަންކަން އިނގުރައިދޫ އިން ހޯދައިފި!

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ރ. އަތޮޅު ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެންޕިއަން ދުވާފަރު ބަލިކޮށް އިނގުރައިދޫ އިން ޗެންޕިއަންކަން ހޯދައިފިއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ދުވާފަރުންނެވެ. ފުރަތަމަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި އެޓީމަށް ލީޑު ހޯދައިދިނީ އާދަމް އިލްޔާސް އެވެ. މިއީ އިނގުރައިދޫ ޓީމުގެ ކީއްޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި އިލްޔާސް ކާމިޔާބުކުރި ލަނޑެކެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިނގުރައިދޫއަށް ނަތީއްޖާ އެއްވަރުކޮށްދިނީ ކެޕްޓަން އަލީ ހާފިޒް އެވެ. މިއީ އެޓީމުގެ އައިހަމް މުޅިން ހުސްކޮށްލާަފައި ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯލައެއް ގޯލްތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ދެޓީމުގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އިނގުރައިދޫ އިން ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގިއެވެ. މި ލަނޑު ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު މަމްދޫހު އެވެ. މިއީ އެޓީމުގެ ކެޕްޓަން އަލީ ހާފިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިނގުރައިދޫ އިން ލީޑުނެގިތާ މިނެޓެއްނުވަނީސް ދުވާފަރުން މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިސާމް އެވެ.

ފައިނަލް މެޗުގައި އިނގުރައިދޫ ޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ ވެސް މި މެޗުގައި މޮޅުކުޅުމެއް ދެއްކި އަލީ ހަފީޒް އެވެ. މި ލަނޑާއި އެކު 3-2 ގެ ނަތީއްޖާއަކުން އިނގުރައިދޫ ކުރިގައިއޮވެ މެޗު ނިމެންދަނިކޮށް އެންމެ ފަހު މިނެޓުގައި ދުވާފަރަށް ނަތީއްޖާ އެއްވަރުކޮށްދިނީ މި މެޗުގައި އެޓީމުން އެންމެ ރަގަޅު ކުޅުމެއްދެއްކި މުހައްމަދު އިސާމް އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 3-3 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އަދި ނަތީއްޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިނގުރައިދޫ ޓީމުންޖެހި ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު ދުވާފަރު ޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.

ދުވާފަރު ޓިމުގެ ފަސް ވަނަ ޕެނަލްޓީ މުހައްމަދު އިސާމް ފޮނުވާލުމުން އިނގުރައިދޫ ޓީމުގެ ކީއްޕަރު އިހުސާން ވަނީ ދިފާއުކޮއްފައެވެ. މިއާއެކު އިނގުރައިދޫ ޓީމަށް ރ.އަތޮޅުގެ ޗެންޕިއަންކަން ލިބިގެންދިޔައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސަތޭކަ ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއި އެކުގައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިރޭގެ ފައިނަލް މެޗުގައި އިނގުރައިދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ ކެޕްޓަން އަލީ ހާފިޒެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ މީދޫ ޓީމަށް 10 ލަނޑު ކާމިޔާބުކޮށްދިން ރަޝާހް އަބްދުލް މަތީން އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް
15 Feb 2026 ކުޅިވަރު

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް

ގއ.ދެއްވަދޫ ބަލިކޮށް އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް ހދ.ނައިވާދޫ ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ، ފައިނަލުގައި ރޭ ކުޅުނުމެޗް 9-3 ގެ ނަތީޖާއިން ކުރި...

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް
19 Jan 2026 ކުޅިވަރު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ. އައްޑޫ ސަރަހައްދުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ވާދަވެރި މަރަދޫއާ ދެކޮޅަށް ކުޅުނ...

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް
04 Jan 2026 ކުޅިވަރު

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް

ކާށިދޫ ބަލިކުރުމަށްފަހު، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކިށްފިއެވެ. މުބާރާތުގެ ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކޮށްފައިވަނީ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނުމެޗް ...

އެންމެ ފަހުގެ ޗެންޕިއަން ގަން ބަލިކޮށް އޭދަފުށި ޗެންޕިއަންކަން ހޯދައިފި
07 Mar 2024 ކުޅިވަރު

އެންމެ ފަހުގެ ޗެންޕިއަން ގަން ބަލިކޮށް އޭދަފުށި ޗެންޕިއަންކަން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށް ބ.އޭދަފުށި މުބާރާތްގެ ޗެންޕިއ...

ޕެނަލްޓީގައި ގާފަރު ބަލިކޮށް މުބާރާތްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި
04 Mar 2024 ކުޅިވަރު

ޕެނަލްޓީގައި ގާފަރު ބަލިކޮށް މުބާރާތްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކ. ގާފަރު އަދި ބ. އޭދަފުށި ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އ...

ފަހަތުން އަރައި ވިލިމާލެ ބަލިކޮށް ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި
04 Mar 2024 ކުޅިވަރު

ފަހަތުން އަރައި ވިލިމާލެ ބަލިކޮށް ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ފަހަތުން އަރައި ވިލިމާލެ 5-3 ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގ...