އިރާން އަންހެނުން ތަކެއް މަގުމަތީގައި
އިރާން އަންހެނުން ތަކެއް މަގުމަތީގައި
ދުނިޔެ 25 Apr 2023 | 16:01

ބުރުގާ ނާޅާތީ އިރާންގެ ދެ އެކްޓަރުން ހައްޔަރުކޮށްފި

ބުރުގާ ނާޅާ މައްސަލައިގައި އިރާންގެ ފިލްމު ކުޅޭ އަންހެން ދެ އެކްޓަރުން ހައްޔަރު ކޮށްފިއެވެ.

ބުރުގާ ނާޅާ އާންމުކޮށް މަގުމައްޗަށް ނުކުމެގެން އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ކުރިންވެސް އިރާންގެ އޮތޯރިޓީ ތަކުން ވަނީ އަންގައިފައެވެ.

އިރާްންގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އެދެމީހުން ޖުޑިޝަރީ އަށް ހާޒިރު ކުރެވުނީ ބުރުގާ ނާޅައި މަގުމަތީގައި އާންމުކޮށް އުޅުމާއި އެ މަންޒަރު ފެންނާނެ ހެން ފޮޓޯ ނަގައި ޢާންމުކުރުމާއި ގުޅިގެން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މި ދެމީހުންނަށް ބޮޑު ޖޫރިމަނާ އެއް ނުވަތަ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިރާންގެ އަންހެނުން ނަށް އާންމުކޮށް އުޅޭ އިރު ބުރުގާ އެޅުމަށާއި ބުރުގާ ނާޅައި އުޅޭނަމަ ފިޔަވަޅު އެޅުމަށް ނިންމި ނިންމުމާއި ގުޅިގެން ދިގު ދެމިގެންދިޔަ މުޒާހަރާ ތަކެއް ވަނީ އެޤައުމުގެ މަގުތައް މަތީގައި ވަނީ ކޮށްފައެވެ.

އިރާންގައި ކުރެވުނު މި މުޒާހަރާތައް ފެށިގެން ދިޔައީ އެޤައުމުގެ 22 އަހަރުގެ އަންހެނަކު އެޤައުމުގެ ބުރުގާ އެޅުމުގެ ޤާނޫނާއި ޚިލާފުވި ކަމަށް ބުނެ އޭނާ ހައްޔަރުކޮށް، ފުލުހުންގެ ހައްޔަރުގައި އޭނާ މަރުވުމާއި ގުޅިގެނެވެ.

އެ ކަމާއި ގުޅިގެން ފެށުނު މުޒާހަރާ ތަކުގައި އިރާން ގެ އެތައް އަންހެނުންނެއް ވަނީ މުޒާހަރާ ތަކުގައި މަގުތައް މަތީގައި އެމީހުންގެ ބުރުގާ ނަގައި އަންދާލައިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.