އޮސްޓްރޭލިއާގެ ހައި ކޮމިޝަން އޮފީހެއް ރާއްޖޭގައި ހުޅުވައިފި
އޮސްޓްރޭލިއާގެ ހައި ކޮމިޝަން އޮފީހެއް ދިވެހިރާއްޖޭގައި ހުޅުވައިފިއެވެ.
މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަަރ އަބްދުالله ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ހުޅުވުމުން ނުހަނު އުފާ ކުރާ ކަމަށެވެ.
މިއާއިއެކު މިކަމުގެ ސަބަބުން ދިވެހިރާއްޖެއާ އޮސްޓްރޭލިއާ އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، އައު އުސްމިންތަތަކަށް ދާނެކަމަށް މިނިސްޓަރ ވަނީ ޔަޤީންކުރައްވާފައެވެ.
މި އޮފީސް ހުޅުވާފައިވަނީ ހޮޓެލް ޖެންގެ ފަސްވަނަ ފަންގިފިލާގައި ކަމަށް އެ ކޮމިޝަންގެ ވެބްސައިޓްގައި ވަނީ ބުނެފައެވެ.
މ އޮފީހުން ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ގާނޫނީ ލިޔެކިއުންތަކާ ގުޅޭ ހިދުމަތްތައްވެސް ފޯރު ކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.
މިއާއިއެކު ޕާސްޕޯޓާއި ގުޅޭ ޚިދުމަތްތައް ފޯރުކޮށްދެވިގެން ދާނީ ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަންއާއި ގުޅިގެން ކަމަށް ވެސް ވެބްސައިޓްގައި ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް