މިރޭ ހުޅުމާލޭގައި ހަވާއަރުވަނީ
މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގައި ފަށާ "ފުރަވީރު" އިވެންޓުގެ ފެށުމާއި ގުޅިގެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 10:00 ގައެވެ. އަދި ހަވާއެރުވުން 5 މިނިޓަށް ދެމިގެން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރަނީ ސިފައިންގެ ޖަމިއްޔާ، ސިފްކޯގެ ފަރާތުންނެވެ. މިނެޓަކަށް ހަވާ އަރުވާނަމަ 600ޑޮލަރު ދޭން ޖެހޭއިރު އެއީ ދިވެހި ފައިސާއިން ބަލާނަމަ 9252 ރުފިޔާއެވެ. ދެމިނިޓަށް ނަމަ 1200ޑޮލަރު ހޭދަކުރަން ޖެހެއެވެ.
މީގެ ކުރިން ހަވާ އަރުވައި އުޅެނީ ސަރުކާރުގެ ނިންމުމަށް މުހިންމު މުނާސަބަތު ތަކާއި ގުޅުވައިގެނެވެ. ނަމަވެސް މިހާރު އަމިއްލަ ފަރާތްތަކުންވެސް ސިފްކޯ މެދުވެރިކޮށް ހަވާއަރުވައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް