އާރްޑީސީ އިން ހަދިޔާ ކުރި ކޭން ހަވާލުކުރަނީ/ފޮޓޯ:ބީވީއައިއެސްއެމް
އާރްޑީސީ އިން ހަދިޔާ ކުރި ކޭން ހަވާލުކުރަނީ/ފޮޓޯ:ބީވީއައިއެސްއެމް
ހަބަރު 25 May 2023 | 14:20

އާރްޑީސީ އިން ލޯފަން މީހުނަށް "ސްމާޓް ކޭން" ހަދިޔާކޮށްފި


ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން ލޯފަން މީހުންގެ ޖަމިއްޔާ ބްލައިންޑް  އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ސްމާޓް ކޭން ހަދިޔާކޮށްފިއެވެ.

ގޯމޭ ރެސްޓޯރެންޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯފަން މީހުންގެ ޖަމިއްޔާއަށް 150 ސްމާޓް ކޭން ހަދިޔާކޮށްދެއްވީ އާރްޑީސީގެ މާކެޓިން މެނޭޖަރު އާދަމް ޝަމްއޫން އެވެ.

މިރަސްމިއްޔާތުގައި ވަނީ ހެޔޮއެދޭ ފަރާތަކުން ދީފައިވާ 10 ކޭން ވެސް ޖަމިއްޔާއަށް ހަދިޔާކޮށްފަ އެވެ.

ދިގުދަނޑިކޮޅެއް ގޮތަށް ހުންނަ ސްމާޓް ކޭން އަކީ ލޯފަން މީހުން ހިނގާބިގާވެ އުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭ ވަސީލަތެކެވެ.

މިދަނޑިކޮޅު ޖައްސާފައި ހުންނަ ޕޮއިންޓުން ފެށިގެން ފަސް މީޓަރުގެ ސަރަހަދެއްގެ ތެރެއަށް އެއްޗެއް ވަދެއްޖެނަމަ ވައިބްރޭޓްވެ، އެ ބޭނުންކުރާ މީހާއަށް އެކަން އަންގައިދޭނެ އެވެ. އޭގެ ސަބަބުން ލޯފަން ކުއްޖަކު އެއްޗެއްގައި އަޅައިގަނެގެން ވެއްޓުން ނުވަތަ މަގުމަތީގައި ޕާކްކޮށްފައި ނުވަތަ ދުއްވާފައިދާ އުޅަނދެއްގެ ޖެހި ލިބިދާނެ އަނިޔާއަކުން ސަލާމަތްކޮށްދެ އެވެ.

ދުނިޔޭގެ ގިނަ  ޤައުމު ތަކުގައި ލޯފަން މީހުން އެކަނި ހިނގައި އުޅުމަށް ކޭން ސްޓިކް ބޭނުން ކޮށް އުޅެއެވެ.

ބީވީއައިއެސްއެމް އިން މީގެކުރިންވެސް ވަނީ އެ ޖަމިއްޔާގެ މެންބަރުން ކޭން ހަދިޔާކޮށްފަ އެވެ.

އާރްޑީސީ އިން ހަދިޔާކުރި 150 ސްމާޓް ކޭންގެ ތެރެއިން 90 ސްމާޓް ކޭން ހަދިޔާކުރުމަށް ނިންމާފައިވަނީ ބީވީއައިއެސްއެމްގެ މެންބަރުންނަށެވެ. އަނެއް 70 ސްމާޓް ކޭން ހަދިޔާކުރާނީ ސްމާޓް ކޭން ބޭނުންވެގެން ގުޅާ މީހުންނަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ
14 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފެނަކައާއި އާރްޑީސީ އުވާލައި، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
07 Sep 2026 ހަބަރު

ފެނަކައާއި އާރްޑީސީ އުވާލައި، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގ...