ހުދު ސަމާލު ނެރެފައިވާ ވަގުތު އިތުރު ކޮށްފި!
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފ އަތޮޅަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 ހަވީރު 5:00 އަށެވެ.
ހއ އަތޮޅުން ފ އަތޮޅަށް ނެރެފައިވާ މި ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މޫސުން ގޯސް ދުވަސް ވަރެއް ކަމުން މެޓް އޮފީހުން އަންނަނީ ކައިރިކައިރީގައި ރާއްޖޭގެ އެކި ހިސާބުތަކަށް އެލާޓް ނެރެމުންނެވެ.
މިދުވަސް ވަރަކީ ވިއްސާރަވެ ވައިގަދަވެ ކަނޑުގަދަ ދުވަސް ވަރަކަށް ވުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް