ޖާބިރު އެމްޑީޕއަށް ސޮއި ކުރައްވައިފި
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
މިއަދު ސޯލްޓްކެފޭގައި ބޭއްވުނު ކުޑަ ރަސްމިއްޔާމިއަޔާޓެއްގައި އެމްޑީޕީއަށް ސޮއިކުރައްވައި ޖާބިރު ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއެވެ.
އެމްޑީޕީ އާއި ޖާބިރު އަލުން ގުޅިވަޑައިގަތީ، އޭނާގެ ނަން ގެންނަވައި، އެމްޑީޕީގެ ކުރިމަގާ މެދު މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ސުވާލު އުފައްދަވާފައި އޮއްވާ، އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ޖާބިރު އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް