ޓީސީ އާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިިން
ޓީސީ އާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 25 Aug 2023 | 01:03

ހަމްދޫންގެ ދެލަނޑާއެކު ޔޫވީ އަތުން ޓީސީއަށް ފަސޭހަ މޮޅެއް

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި، ދެޓިމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ޓީސީ އިން ވަނީ ލަނޑެއް ކަމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު މެޗު ފެށިގެން ދެވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަމްދޫން އެވެ. މިއީ ޔޫވީގެ ޕެނެލްޓީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މުޅިން ހުސްކޮށްހުރެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ.

ޓީސީގެ ލަނޑަށްފަހު މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި، ޓީސީ ސްޕޯޓްސް ކުލަބުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހު ހާފުގެ 68ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހަމްދޫން އެވެ. އަދި މި މެޗުގައި ޓީސީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތު ތެރޭގައި ކާމިޔާބުކޮށްދިނީ އަހުމަދު މާއިޝް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޓީސީގެ ހަމްދޫން އެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު، ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކުލަބް މިވަގުތު އޮތީ ލީގު ތާވަލުގެ 4ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީ ކުޅުނު 9 މެޗުން ލިބުނު 6 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 6ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
10 Oct 2026 ކުޅިވަރު

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު

ދިވެހިޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ބައްދަލުކުރިމެޗް ބޮޑު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
21 Sep 2026 ކުޅިވަރު

ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަ...

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
21 Sep 2026 ކުޅިވަރު

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލް ކުޅުނު މެޗުން އެޓީމް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ލިވަޕޫޕް ނިކުތީ ބޯންމައުތާ ދެކޮޅަށެވެ. ބޯންމައުތުގެ ދަނޑުގައި ކ...