ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ!
ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ށ. ގޮނާފަރު ފަޅުގެ ބޭރަށް ޑައިވް ކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު 3:00 އެހާކަންހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 4:15 އެހާކަންހާއިރު ފެނިފައިވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާއަށް ފަރުވާ ދިނުމަށް ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހަށިގަނޑު ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
މައުލޫތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ރ. އުނގޫފާރަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ސޯދިގު ނަމަކަށް ކިޔާ ޒުވާނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް