ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ
ށ. ފުނަދޫ ބަނދަރުގައި ހުންނ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެއްޖެއެވެ.
އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގޭއިރު، އަލިފާން ރޯވުމުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.
މި ހާދިސާއާއި ގުޅިގެން ވޮއިސް އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާދިލް ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް ބޮޑުވަމުންދާ ކަަމަށެވެ. އަދި އަލިފާން ނިއްވުމަށް ކައުންސިލާއި ފުލުހުންގެ އިތުރުންވެސް އާއްމުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ އިތުރުން އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށާ، އެ އިދާރާގެ ޓީމެއްވެސް އެރަށަށް ދަތުރުފަށާފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ށ . ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ވަނީ ލިބިފައިވާ ކަމަށާ ނޮދަން އޭރިއާ ގެ ސިފައިން މިހާރުދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުން ކަމަށެވެ.
އަދި އެއަރޕޯޓުގެ ފަޔަރ ފައިޓާސްވެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް