ބޮމެއްއޮތްކަމަށް ބުނުމުން ހުޅުމާލެެއިން މީހަކު ހައްޔަރަށް
ހުޅުމާލެ ބީޗު ކުލަބު ސަރަހައްދުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށް، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެ ސަރަހައްދުން ވޮއިސް އަށް މައުލޫމާތު ދިން މީހަކު ކިޔައިދިންގޮތުގައި އެކަން ކަޅު ދަބަހެއްގައި ބޮމެއް އޮތްކަމަށް ބުނެ މީހަކު ބީޗް ކްލަބް ކެފޭއަށް ވަދެފައިވާކަމަށެވެ. އަދި މިމީހާއަކީ ސިކުނޑި ހަމަ ނުޖެހޭ މީހެއްކަމާއި، މީގެ ކުރިން ވެސް އެމީހާގެ އުދަގޫ އެ ސަރަހްދުގެ ކެފޭތަކަށް ވެފައިވާކަމަށް އޭނާ މައުލޫމާތުދިނެވެ.
ފުލުހުން މި މައްސަލާގައި އެއްވެސް މައުލޫމާތެއް ދީފައިނުވާއިރު، އިންޒާރުދިން މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް