އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކާޓޫން ލަވަ
އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކާޓޫން ލަވަ
ދުނިޔެ 25 Dec 2023 | 04:48

އަނެއްކާވެސް ކުޑަކުދިންނަށް ޚާއްސަ ކާޓޫން ސީރީސް އަކުން އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކޮށްފި!

ކުޑަ ކުދިންގެ މެދުގައި މަގުބޫލު ކާޓޫން ސީރީސް އަކުން އަނެއްކާވެސް އެއްޖިންސުން ގުޅުން ހިންގުމާއި ފިރިހެނުން އަންހެނުންނަށް ވުން ޕްރޮމޯޓް ކޮށްފި އެވެ.

މިފަހަރު އެއްޖިންސުން ގުޅުން ހިންގުމާއި، ފިރިހެނުން އަންހެނުންނަށް ވުން ޕްރޮމޯޓް ކޮށްފައި ވަނީ، އެންމެ ތުއްތު ކުދިންނާއި، އުމުރުން ގާތްގަނޑަކަށް 8 އަހަރަށްދާ ކުދިންގެ މެދުގައިވެސް މަގުބޫލު ކާޓޫން، ރައިމްސް/ލަވަ ސީރީސް އެއް ކަމަށް "ކޮކޯމެލަން ލޭން" ސީރީސްގެ ލަވަ އަކުންނެވެ.

ނެޓްފްލިކްސް އިން ދައްކާ މި ސިރީސްގެ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރި ލަވައިގައި، ދައްކަނީ ދެ "ބައްޕަ" އިން ދަރި އަކު ބަލާ ތަނެވެ. އަދި އެމީހުން ގެންގުޅޭ ފިރިހެން ތުއްތު ކުއްޖެއްގެ އަންހެން ހެދުމެއް ލައްވައި، އެކަން އެގޮތަށް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ލަވައިގެ ތެރެއިން ބުނެދެއެވެ.

ތުއްތު ކުދިންގެ ސިކުނޑި ތަކަށް މިފަދަ އިންސާނީ ތަބީޢަތާއި ނުގުޅޭ، ކަންކަން، އެކުދިންނަށް އެންމެ ކަމުދާ ކާޓޫންތައް މެދުވެރިކޮށް ވެއްދުމުގެ މަސައްކަތް ހުޅަނގުން ކުރަމުންދާތީ ޣައިރު މުސްލިމުންގެ ނުރުހުންވެސް ވަނީ އެ ސީރީޒް އުފައްދާ މީހުންނަށް އަމާޒުވެފައެވެ.

އަދި އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް، މަނާ ކުރެވިފައިވާ ކަންކަން މިފަދަ ގޮތް ގޮތަށް ޕްރޮމޯޓް ކުރަމުންދާތީ ބޭރުގެ އާއި ރާއްޖޭގެވެސް ބައެއް ޢިލްމުވެރިން ވަނީ އެކަން ކަމަށް ސަމާލުވެ، ކުދިންނައް ޓީވީންނާއި އިންޓަނެޓްގެ ޒަރީޢާއިން ކުދިންނަށް އެއްޗެހި ދެއްކުމުގައި އިތުރަށް ބެލުމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ ކުރިންވެސް ކުޑަ ކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައިވެސް މަޝްހޫރު، ޑިސްނީގެ އެނިމޭޓެޑް ބައެއް ކާޓޫނުން ފިލްމު އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކޮށްގެން އެ ފިލްމުތައް ދެއްކުން ބައެއް މުސްލިމް ގައުމުތަކުން މަނާވެސް ކޮށްފައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.