އެޗްއާރްސީއެމްގެ އެސްޖީ މަގާމުން ނައުޝާން އިސްތިއުފާ ދެއްވައިފި
އެޗްއާރްސީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އާމިނަތު ނައުޝާން އަބްދުއް މުހައިމިން އިސްތިއުފާ ދެއްވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނައުޝާން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭނަ އެ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބަކާއި ހުރެއެވެ.
2022 ވަނަ އަހަރު އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ނައުޝާން ހުންނެވީ އެ ކޮމިޝަނުގެ ރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ޑިރެކްޓަރުގެ މަގާމުގައެވެ. ނައުޝާން ވަނީ ރާއްޖޭގެ ޖަމިއްޔާއެއް ކަމުގައިވާ ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް