ދުޢާއަކީ އަދުލު އިންސާފާއި ސުލްހައިގެ ރޫހު އިންޑިއާގައި އޮތުން: ރައީސް ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.
އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
"ދުޢާ އަކީ ޑިމޮކްރަސީގެ ރޫޙާައި، އަދުލު އިންސާފާއި ސުލްހަ އިންޑިއާގައި ދެމި އޮތުން." ރައީސް ޞާލިހު ވިދާޅުވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ، 1949 ނޮވެމްބަރު 26 ވަނަ ދުވަހު އެކުލަވާލައި، ބަލައިގަތް އިންޑިއާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ މުނާސަބަތުގައެވެ. އިންޑިއާގައި ޖުމްހޫރިއްޔާ ފެށުނީ 26 ޖެނުއަރީ 1950 އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް