އަމްރު ވަކި ކުރަން ޕީސީބީއިން ނިންމައިފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި ހުސައިން އަމްރު ރަޝާދު މަގާމުން ވަކިކުރުމަށް ސަރުކާރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އަށް މިއަދު ފޮނުވައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް ޞާލިހު އާއި ދެކޮޅަށް ރައީސް ނަޝީދުގެ ފެކްޝަން އާއި އެކުގައެވެ.
ޕްރައިމަރީ ނާކާމިޔާބުވުމަށްފަހު ރައީސް ނަޝީދު ހުޅުވި "ފިކުރެއްގެ ދިރުން" ގޮފީގެ މަސައްކަތުގައިވެސް އަމްރު ވަނީ އިިސް ދައުރެއް އަދާކޮށްފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީއާއިއެކު ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމަށް މިދިޔަ ހަފްތާގައި ބޭއްވުނު ބައްދަލުވުމުގައި އަމްރު ވަނީ ފިކުރެއްގެ ދިރުމުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް