ޑެންމާކުގައި ޤުރުއާން އަންދާލުން ހުއްދަ ކުރަން ގޮވާލި ސިޔާސީ ފަރާތް
ޑެންމާކުގައި ޤުރުއާން އަންދާލުން ހުއްދަ ކުރަން ގޮވާލި ސިޔާސީ ފަރާތް
ދުނިޔެ 26 Mar 2023 | 16:56

ޑެންމާކުގައި ޤުރުއާން އަންދާލި މައްސަލަ އިސްލާމީ ޤައުމުތަކުން ކުށްވެރި ކޮށްފި

ހުކުރުދުވަހު ޑެންމާކުގައި ހުންނަ ތުރްކިޔޭގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާންގެ ކޮޕީއެއްގައި ރޯކޮށްލައި އަންދާލި މައްސަލަ ޢަރަބި އިސްލާމީ ޤައުމުތަކުން ކުށްވެރި ކުރަމުންއެބަދެއެވެ.

އެގޮތުން ސަޢުދީޢަރަބިއްޔާއިން ވަނީ އިސްލާމްދީނަށް ނަފްރަތު ކުރުމުގައި ހައްދުންނެއްޓިފައިވާ މީހުން ހިންގި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ސަޢުދީޢަރަބިއްޔާގެ އިތުރުން ޖޯޑަން، ކުވައިތް އަދި ޤަޠަރުވެސް ވަނީ ޑެންމާކުގައި ހިންގި މިނުބައި ޢަމަލު ކުށްވެރިކޮށްފައެވެ. ޚާއްސަ ގޮތެއްގައި ރަމަޟާން މަހާއި ދިމާކޮށް މުސްލިމުންނާއި ދެކޮޅަށް ހައްދުފަހަނައެޅި މީހުން ކުރަމުން ދާ މިފަދަ ޢަމަލު ތަކަކީ ނަފްރަތު އުފެއްދުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެފައެވެ.

މުސްލިމުންނާއި ދެކޮޅަށް މަސައްކަތް ކުރާ ޑެންމާކުގެ ގްރޫޕަކުން ވަނީ ފޭސްބުކް ލައިވްގައި މުސްލިމުންނާއި އިސްލާމް ދީނާއި ދެކޮޅު ޢިބާރާތްތައް ލިޔެފައިވާ ބެނާތައް ހިފައިގެން ޑެންމާކުގައި ހުންނަ ތުރްކިޔޭގެ އެމްބަސީގެ ބޭރުގައި އިހްތިޖާޖް ކޮށްފައެވެ. އަދި މި އިހްތިޖާޖުގެ ތެރޭގައި ކީރިތި ޤުރުއާނުގެ ކޮޕީ އަކާއި ތުރްކިޔޭގެ ދިދަވެސް ވަނީ އަންދާލައިފައެވެ.

ތުރްކިޔޭގެ ފޮރިން މިނިސްޓަރ ވަނީ ނަފްރަތު އުފައްދާ މިފަދަ ކަންކަމަކީ، ޙިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ބުނެ ކުރިޔަސް އެޤައުމުން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އަދި ޑެންމާކުގެ ސަރުކާރަށް ތުރްކިޔޭ އިން ގޮވާލައިފައިވަނީ މިކަން ކުރި މީހުންނާއި މެދު އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމަށެވެ.

މި އަަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ޑެންމާކުގައި އިސްލާމްދީނާއި ކީރިތި ޤުރުއާނަށް އިހާނެތިބަސްތައް ބުނެފައިވެއެވެ. އަދި އެޤައުމުގެ ސިޔާސީ މީހަކު ވަނީ ކީރިތި ޤުރުއާނުގެ ކޮޕީ އެއް އަންދާލައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.