ދިވެހި އަސްކަރިއްޔާ އާއި އެމެރިކާގެ ކޯސްޓްގާޑު ގުޅިގެން ތަމްރީނު ތަކެއް ކުރިއަށް ގެންގޮސްފި
ދިވެހި އަސްކަރިއްޔާ އާއި އެމެރިކާގެ ކޯސްޓްގާޑު ގުޅިގެން އަސްކަރީ ތަމްރީނު ތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ތަކަކީ އެމެރިކާގެ ކޯސްޓުގާޑުގެ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ތަމްރީނު ތަކެއް ހިންގި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާ ގޮތުން އެމެރިކާ ކޯސްގާޑުގެ އުޅަނދު މިޖެޓް ރާއްޖެ އައިސްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނެފައިވަނީ މިޖެޓުގެ މި ދަތުރުގައި ކުރިއަށް ގެންދެވުނު ތަމްރީނު ތަކުގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތަމްރީނު ތަކަށްފަހު އެމެރިކާގެ ކޯސްޓްގާޑު އުޅަނދު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް