ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަށް އާޒާދު އައްޔަންކުރައްވައިފި
ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި މަގާމަށް އައްޔަން ކުރައްވާފައިވަނީ، ކުރިން ވެސް ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ، މުޙައްމަދު އާޒާދެވެ.
އެ މަގާމުގައި ކުރިން ހުންނެވީ ފާތިމަތު ރަޒީނާ އެވެ. އޭނާ ވަނީ އެ މަގާމުގައި 8 އަހަރު ވަންދެން މަސައްކަތް ކުރައްވާފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިތުރަށް ކިޔަވާ ވިދާޅުވުމަަށެވެ.
ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަށް އައްޔަން ކުރެއްވި އާޒާދު ވަނީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރީފޯމް ކޮންސަލްޓަންޓްގެ މަގާމާއި، އެ މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމުވެސް އަދާކޮށްފައެވެ.
މީގެ އިތުރުން، ހަޒާނާ މޯލްޑިވްސްގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސްގެ މަގާމާއި، އޭސީސީގެ ހެޑް އޮފް އިންޓަލިޖެންސް ޑިޕާޓްމެންޓާއި، އިސްލާމިކް ބޭންކް ބޯޑު މެމްބަރުކަންވެސް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް