މ އަތޮޅު މަދަރުސާގައި އޮތް ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
މ އަތޮޅު މަދަރުސާގައި އޮތް ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު 26 Dec 2022 | 08:36

ކުރެކިފައިވާ އަޑުފުޅުން ރައީސް އާކުރެއްވީ ސުނާމީގެ ހިތްދަތި ހަނދާންތައް!

ދިވެހިންގެ އެއްބައިވަންތަަ ކަމުގެ ދުވަހުގެ މުނާސަބަތުގައި، މުލަކަތޮޅު ކޮޅުފުށީގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވަޑައިގެން، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އާކުރެއްވީ، ސުނާމީ އެރި ދުވަހުގެ ހިތްދަތި ތަޖުރިބާއެވެ.

ޖުމުލަ 82 މީހުން މަރުވެ، 26 މީހުން ގެއްލުނު، 26 ޑިސެމްބަރު 2004 ގައި ހިނގި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވާހަކަފުޅު ކުރިއަށް ގެންދެވީ، އިރުއިރުކޮޅުން މެދުކަނޑާލަމުންނެވެ. ލޯފުޅުން ކަރުނަ ފުހެލައްވަމުން ވާހަކަ ކުރިއަށް ގެންދެވިއިރު، އަނބިކަނބަލުން ފަޒުނާ އަހުމަދަށްވެސް އެ ވާހަކަތަކުން ނުހަނު އަސަރު ކުރުވާފައިވާތަން ފެނެއެވެ.

ރައީސް ވިދާޅުވީ، ސުނާމީ އެރި ދުވަހު އެމަނިކުފާނު ހުންނެވީ އުފަން ރަށުގައި ކަމަށާއި، އެދުވަހު ވެގެން ދިޔަގޮތް އިހުސާސް ކުރެވޭނީ އެ މަންޒަރު ފެނުނު މީހަކަށް ކަމަށެވެ. އަދި އެދުވަހު ރައީސްގެ އުފަން ރަށަށް ލިބުނު ގެއްލުމަށްވުރެ، ކޮޅުފުއްޓަށް ލިބުނު ގެއްލުން ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

"ކަން ދިމާކުރި ގޮތުން އަޅުގަނޑަށްވެސް އެ ދުވަހު ހުރެވުނީ އާއިލާއާއެކުގަ އަޅުގަނޑުގެ އުފަން ރަށުގަ. ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އައިސް ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގަ މުޅި ރަށް ދޮވެލައިގެން އެ ދިޔަ ގޮތް އެއީ، އެ ދުވަހު އެތާ ހުރި މީހަކަށް ނޫނިއްޔާ އިހުސާސް ކުރެވޭ ކަންތައްތަކެއް ނޫން. އަޅުގަނޑުގެ އަންހެނުންނާ ދެ ކުދިންނާ މުޅި އާއިލާ އެކުގަ ތިބީ ރަށުގަ. ނުވަ އަހަރުގެ އަޅުގަނޑުގެ ދޮށީ ދަރިފުޅު އިނީ ގޭ ކުރިމަތީ ހުރި ގަހެއްގަ. ހަތް އަހަރުގެ ފިރިހެން ދަރިފުޅު ހުރީ ފާރެއް މަތީގަ. މަންމަޔާ ހުރިހާ ކޮއްކޮއިން ރަށުގާ ތިބީ. މުޅި އާއިލާ އެކީގަ އޮތް. އަޅުގަނޑު ހިތުން ކޮޅުފުއްޓަށް އެދުވަހު ވެގެންދިޔަ ގޮތް އެއީ އަދި އަޅުގަނޑު މި ދުއް މަންޒަރަށްވުރެން މާ ހިތާމަވެރި، މާ ބިރުވެރި، މާ ދަތި ދުވަހެއް،" ކުރެކިފައިވާ އަޑުފުޅަކުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ކޮޅުފުށީގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވުުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.