ރައީސް އިބޫއަށް އެހީތެރިވާާ މީހެއްގެ ގޮތުގަައި ހުންނާނަން: ރީކޯ މޫސަ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރިހާ ހިނދަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެހީތެރިވެ ވަޑައިގަންނަވާާނެކަމަށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަހާ ހިނދަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެހީތެރިވާނެކަމަށާއި، އެކަމަށްޓަކައި ޕާޓީއަށް ގުޅެންވެސް ބޭނުން ނުވާކަމަށެވެ.
މޫސާ ވިދާޅުވީ މިފަހަރުގެ ބަޖެޓްގައި ހުޅުހެންވޭރު ދާއިރާ ފެންނާކަށްވެސް ނެތްކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގައި އެދާއިރާގައި ބިޔަ މަޝްރޫއުތަކެއް ހިންގަވާދެއްވާފައިވާތީ، މޫސާ މަނިކު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން މޫސާ މިސާލެއްގެ ގޮތުގައި ނަންގަވާފައިވަނީ، ކިންގް ސަލްމާން މިސްކިތާއި، ސިނަމާލެ ބްރިޖްގެ ވާހަކަފުޅެވެ. އެބޭފުޅާ ވަނީ ދިވެހިރާއްޖޭގައި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ހިންގަވައިދެއްވި ބޭފުޅަކަށް ވާނީ ރައީސް ޔާމީންކަންވެސް ފާހަގަކުރައްވާފައެވެ.
މޫސާގެ ވާހަކަފުޅުގައި ވަނީ ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުއިއްޒުއަށްވެސް ވަރަށް ބޮޑަށް ފާޅުވިދާޅުވެފައެވެ. އެގޮތުން އާ ރައީސް ހުވާާކުރި ދުވަހުގެ މެންދުރާއި ޖެހެންދެން ގާނޫނީ އުސޫލުތަކާއި ހިލާފަށް މިނިސްޓަރ މުއިއްޒު ފްލެޓް ބައްސަވަމުން ގެންދެވި ކަމަށާއި، އެކަން ކުރީ ޖެއްސުމުގެ އުސޫލުންކަމަށް ރީކޯ މޫސާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް މޫސާ ވަނީ ޕީޕީއެމްގެ ހިންގުމާއި މެދު ސުވާލުއުފައްދާ، ޕާޓީގެ ރައީސް، މުއައްސަސާތަކުގެ ފަރާތުން ބަލައިނުގަންނަކަން ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް