ލ. އަތޮޅުގެ ރިސޯޓެއްގެ އިސް މުވައްޒަފަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަޤާމެއް އަދާކުރާ މުވައްޒަފަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ހުށަހެޅިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް، ފަހަތުން ބަޔަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގުމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސިކްސް ސެންސަސް ލާމު ރިސޯޓްގައެވެ. އަދި އަނިޔާ ލިބިފައިވަނީ ރީޖަނަލް ޖެނެރަލް މެނޭޖަރަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް