ހަނގާކުރުމުން ދުރުހެލި ވުމާއި، ރައްކާތެރިކުރުމުގެ ހަރަކާތްތައް އިފުތިތާހު ކޮށްފި
'ސްމައިލްއޮން" ކެމްޕެއިންގެ ތެރެއިން ހަނގާކުރުމުން ދުރުހެލިވުމަށާއި ރައްކާތެރިކުރުމަށް ސްކޫލްތަކުގައި ހިންގާ ހަރަކާތްތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު މުހްޔިއްދީން ސްކޫލްގައި ބާއްވާފިއެވެ.
އެގޮތުން އިއްޔެ ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
ދަރިވަރުންނަށް ރައްކާތެރި، އުނގެނުމަށް ފަހި އަދި ޝާމިލު ވެއްޓެއް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަޤުޞަދުގައި ފެށި މި ޙަރަކާތްތައް، އެއް މަސް ދުވަހުގެ މުއްދަތަށް، ހަނގާކުރުމުން ރައްކާތެރިިކުރުމުގެ މަހުގެ ގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ކުރިއަށްދާނެއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އޭއާރްސީ) ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް