މެމްބަރު ސައުދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
މެމްބަރު ސައުދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު 27 Feb 2023 | 17:26

ފައިސާ ގެއްލޭ މައްސަލަަތަކުގައި ބީއެމްއެލް ޒިންމާ ނުކުރެވޭނަމަ މައްސަލަ ވާނީ ބޮޑު: ސައުދު

ސައިބާ ސްކޭމްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވސްގެ އެކައުންޓަކުން ކަސްޓަމަރެއްގެ ފައިސާ ގެއްލިއްޖެކަމަށް ވާނަމަ އެކަމުގެ ޒިންމާ ބޭންކް އޮފް މޯލްޑިވްސްއިން ނަގަން ޖެހޭކަމަށް މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ސައުދު މިފަދައިން ވިދާޅުވެފައިވަނީ ސައިބާ ސްކޭމްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ސައުދު ވިދާޅުވީ އެކި ކަހަލަ ސްކޭމް ލިންކުތައް ފޮނުވައިގެން އެކައުންޓުތަކުގައި ހުންނަ ފައިސާކޮޅު ދަމައިގަތުމުން، އެކަމުގެ ޝިކާރައަކަށްވާ ފަރާތްތައް އެ ލާރިކޮޅު ހޯދަން، ނުވަތަ އެކަމުގައި އިންސާފު ހޯދުމަށް އުޅެނީ ވަރަށް ހާލުގައި ކަމަށެވެ.

އެފަދަ ކަމެއް ދިމާވުމުން، ބޭންކުންވެސް އެމީހުންނާއި ދޭތެރޭގައި ކަންކަން ކުރަނީ ވަރަށް ތަފާތު ގޮތަކަށްކަން ސައުދު ފާހަގަކުރެއްވި އެވެ.

"މީގެ މައްސަލައަކީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމާ ކެއާއާއި، ކަސްޓަމާ ރިލޭޝަންސް ރަނގަޅު ގޮތުގައި މަސައްކަތް ކުރަނީ ކްރެޑިޓްކާޑެއް ހަދަން ދިޔައިމަ، ނުވަތަ ކޭޝް ކާޑެއް ހަދަން ދިޔައިމަ، ނުވަތަ އެކައުންޓެއް އަލަށް ހުޅުވަން ދިޔައިމަ. ވިތްޑްރޯ ކުރަން ނުވަތަ ލޯނެއް ޑިފޯލްޓު ވެގެން، ނުވަތަ އެމީހެއްގެ އެކައުންޓުގައި ހުރި ފައިސާއެއް ގެއްލިގެން ބޭންކް އޮފް މޯލްޑިވްސްއަށް ދިޔައިމަ އެއްކަލަ ކަސްޓެމާ ކެއާ ބަދަލުވަނީ އެހެން ނިޒާމަކަށް"

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

އެއާއެކު ސައުދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއްގައި މީހަކު ފައިސާ ރައްކާކުރާނީ އެ ބޭންކަން އިތުބާރުކޮށްފައި ކަމަށެވެ. އެހެންކަމުން، ސްކޭމްއެއްގެ ތެރެއިން ފއިސާ ގެއްލިއްޖެ ނަމަ، އެކަމުގެ ޒިންމާ ކަސްޓަމަރުން އުފުލަން ޖެހޭގޮތަށް ހެދުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ ނިޒާމު ބަދަލުކުރަން ޖެހޭކަމަށް ސައުދު ވިދާޅުވި އެވެ.

"ބެންކުން ގެއްލޭ ފައިސާއަށް ބެންކުން ޒިންމާ ނުވާހާ ހިނދަކު މިކަމަށް ހައްލެއް ނާންނާނެ، ބޭންކުން އެކަމަށް ޒިންމާވާން ޖެހޭނެ އިންޝުއަރެންސް ސްކީމުތަކާއެއްޗެހި ހުޅުވާލައިގެން މިކަމަށް ޒިންމާ ވެވޭނެ އުސޫލުތަކެއް ފާހަގަކުރެވެން ޖެހޭ. އެފަދަ ހާލަތެއް ދިމާވެއްޖެއްޔާ ބޭންކު ޒިންމާ ކުރުވާ ކަސްޓަމަރަށް އަނބުރާ ފައިސާ ލިބޭނެ ނިޒާމެއް އޮތުން.. އެ ނިޒާމު ނެތިއްޖާ މި ވައްކަން ދުވަހަކުވެސް ނިމުމަކަށް ނާންނާނެ، ދުވަހެއް ދުވަހަށް ދާނީ ބޮޑުވަމުން ފުޅާވަމުން"

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

ސައުދު ވިދާޅުވީ ބީއެމްއެލްގެ އެކައުންޓެއްގައި ހުއްޓާ މީހެއްގެ ފައިސާ ގެއްލިއްޖެ ނަމަ، އެ މައްސަލައިގައި ބޭންކު ޒިންމާ ކުރުވެން ޖެހޭކަމަށެވެ. އެފަދަ މައްސަލަތަކުގައި ބޭންކު ޒިންމާ ކުރުވޭނެ ނިޒާމެއް ނެތްކަމުގައި ވާނަމަ ސްކޭމްތައް އިތުރުވެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްތަހާ ދާނީ އިތުރުވަމުންކަމަށް ސައިދު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.