ހިޔާ ފްލެޓްތަކަށް 4 ގަޑިއިރު ފަހުން ކަރަންޓު ދީފި
ހުޅުމާލެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނުތާ 4 ގަޑިއިރު ފަހުން ކަރަންޓް ދީފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އެކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިކަމަށެވެ.
އަދި އެ ކުންފުނިން ވަނީ ދިމާވި ދަތިތަކަށް މާފަށް އެދިފައެވެ.
މީގެ އިތުރުން މިކަން ހިނގާފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށް ސްޓެެލްކޯއިން މައުލޫމާތު ދީފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް