މާފަރު އެއާޕޯޓުން ފެނުނު ޖަނަވާރުގެ ވީޑީއޯގެ ސްކްރީންޝޮޓެއް
މާފަރު އެއާޕޯޓުން ފެނުނު ޖަނަވާރުގެ ވީޑީއޯގެ ސްކްރީންޝޮޓެއް
ހަބަރު 27 Jun 2023 | 07:35

މާފަރުން ފެނުނީ "ބޮޑު ބުޅަލެއް" ކަމަށް ނިންމައިފި

ނ.އަތޮޅު މާފަރުން ފެނުނީ "ބޮޑު ބުޅަލެއް" ކަމަށް ނިންމައިފިއެވެ.

މިނިކާވަގެއް ކަމަށް ބެލެވޭ ޖަނަވާރެއް ހިނގައިފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އަދި އެ ޖަނަވާރު ފެނިފައިވަނީ އެ ސަރަަހައްދުގައި މަސައްކަތްކުރަން އުޅޭ ބިދޭސީ މަސައްކަތްތެރިންތަކަކަށެވެ. އެ ވީޑިއޯ ވެސް ކޮށްފައިވަނީ އެމީހުން ކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން 'ވޮއިސް' އަށް މައުލޫމާތު ދެއްވައެވެ.

އެކަމާއި ގުޅިގެން އިއްޔެ އާއި ރޭ ވެސް ސިފައިން ވަނީ މިނިކާވަގު ފެނޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމަސައްކަތް ކާމިޔާބު ނުވުމުން ސިފައިންގެ އިތުރު ޓީމެއް ހާތިޔާރާއިއެކު މިހާރު އެރަށް ގޮސްފައިވާ ކަމަށް އަދުނާނު ވިދާޅުވިއެވެ. އަދި އެ ޓީމުން އެ ޖަނަވާރު ހޯދަން މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އޭތި ފެނިފައިވާ ނުވާ ކަމަށް އަދުނާނު ވިދާޅުވިއެވެ.

އެ ކަމާއި ގުޅިގެން އެރަށު ކައުންސިލުން މިއަދު އެންމެ ފަހުން ނެރުނު ދެންނެވުމުގައި ބުނެފައި ވަނީ، އެމްއެންޑީއެފް އިން ބެލިބެލުމުން މިހާތަަށް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއް ފެނިފައެއް ނުވެއެވެ.

މާފަރު ކައުންސިލްގެ ދެންނެވުން

އަދި ދައުރުވަމުންދާ ވީޑިއޯ އެނެލައިޒް ކުރުމުން ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަަމަށް އެފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން އެރަށުން ފެނުނީ "ބުޅަލެއް" ކަމަށް މިހާރު ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފަރު އެއަރޕޯރޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު 5 ޖަހާކަންހާއިރު މާފަރު އެއަރޕޯރޓުގައި ތިބޭ ސިފައިންނަށް ލިބިފައިވާ ކަމަށެވެ.

މިގޮތުން މިމަޢުލޫމާތާއިއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީންކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިން މާފަރު އެއަރޕޯރޓާއި ގުޅިގެން އެހޯދުމުގެ މަސައްކަތްކުރަމުން ދިޔަ ކަމަށާ، އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު އިތުރު ސިފައިން މާފަރަށްގޮސް މާފަރު އެެއަރޕޯރޓްގެ ސަރަހަައްދު އެއްކޮށް ބަލާފައިވާ ކަމަށާ، ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާ ކަމަށެވެ.

"ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ފަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށެވެ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.