އޯތުއޭން އަސްކަރީއަށް ޚިދުމަތްކުރި ދުވަސްވަރު
އޯތުއޭން އަސްކަރީއަށް ޚިދުމަތްކުރި ދުވަސްވަރު
ދުނިޔެ 27 Sep 2022 | 01:13

ރާއްޖެއަށް ކަނޑައަޅާފައި ހުރި ކުރީގެ މިއަންމާ ސަފީރު އޯ ތުއޭން މަރާލައިފި

މިއަންމާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ޔޫ އޯ ތުއޭންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އޭނާ މަރާލީ އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ ޔަންގޮންގައި ހުންނަ އަމިއްލަ ގޭގައި ހުއްޓަ އެވެ.

އޯތުއޭންއަށް ހަމަލާދީ މަރާލުމުގެ ޒިންމާ އެ ގައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެއް ކަމަށްވާ އިންޔާ އާބަން ފޯސްއިން ވަނީ ނަގާފައިވެ އެވެ.

އޯތުއޭން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގައެވެ.

ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް ސައުތް އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

އޯތުއޭން ގެ މަރާ ގުޅޭގޮތުން ބައިނަލްއަގުވާމީ ނޫސް އެޖެންސީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރާލީ ބޮލަށް ބަޑި ޖަހައިގެން ކަމަށާއި އެ ހަމަލާ ދިނުމަށް އެގެއަށް ދިޔައީ ދެމީހުން ކަމަށާއި ބަޑި ޖެހީ އޯތުއޭން ގޭ ދޮރު ހުޅުވާލި ވަގުތުގައެވެ.

އެ ހަމަލާގައި އުމުރުން 72 އަހަރުގެ އޯތުއޭންގެ އިތުރުން އޭނާގެ ދަރިކަނބަލުންވެސް ވަނީ މަރާލާފައެވެ. ދަރިކަނބަލުން މަރާލީ، ބައްޕަ ސަލާމަތް ކުރުމަށް ވަކާލާތުކޮށް މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އޯތުއޭން އަކީ މިޔަންމާގެ އަސްކަރިއްޔާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ހަމަލާއަށް ފަހު ހަމަލާ ރޭވި ޖަމުއިއްޔާ ކަމަށްވާ އިންޔާ އާބަން އިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އާދިއްތަ ދުވަހަށް އެމީހުން ކަނޑައެޅި މިޝަން ކާމިޔާބުވެފައިވާ ކަމަށާއި، އެ ޖަމާއަތުން އޯތުއޭންއަށް ހަމަލާދިނީ އަސްކަރިއްޔާއަށް ވާގިވެރިވެ ތާއީދުކޮށް ވާހަކަ ދައްކާތީ ކަމަށެވެ.

އެ ޖަމާއަތުން މިއަންމާ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަނީ އެ ގައުމުގެ ޑިމޮކްރަޓިކް ވެރިކަން ބަގާވާތަކުން ވައްޓާލުމުންނެވެ.

އަސްކަރިއްޔާގެ ވެރިކަމާއި ދެކޮޅު ހަދާ މިއަންމާގެ 2،000 އަށްވުރެ ގިނަ އާންމު ރައްޔިތުން އެ ގައުމުގެ ޖަލުތަކުގައި އެބަތިއްބެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.