50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފި
ޓްރާންސްޕޯޓް މިނިސްޓްރީން 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލް ކުރީ ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލް ތަކެއްކަން މިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.
މި ވެހިކަލުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ޢުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، އަދި ގަވާޢިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން ވަނީ ބާތިލުކޮށްފައިވާ ވެހިކަލްތަކުގެ ނަމްބަރުތައްވެސް އާންމުކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭަގައި އުޅަނދުތައް ޕާކުކުރުމަކީ މިހާރު އާންމު ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް