އެމްއެމްސީން ބީއެމްއެލް އާއެކު ފައިނޭންޝަލް ވޯކްޝޮޕެއް
ނޫސްވެރިންނަށް ފައިނޭންޝަލް ޖާނަލިޒަމް އާ ގުޅޭ ވޯކްޝޮޕެއް ހިންގުމަށް ބޭން އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ. މި ވޯކްޝޮޕް ކުރިއަށްދާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. އެ ވޯކްޝޮޕްގައި ފައިނޭންޝަލް ދާއިރާއިން ނޫސްވެރިންނަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށްވެސް އެމްއެމްސީން ބުނެއެވެ.
މި ވޯކްޝޮޕްގައި މީޑިއާގެ ފަންނުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މާލީ މަސްލަހަތު ހިމެނޭ ދާއިރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމްއެމްސީން ބުނެއެވެ. އެމްއެމްސީން ބުނީ މި ވޯކްޝޮޕްގައި ނޫސްވެރިންގެ އިތުރުން އެޑިޓަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
މި ވޯކްޝޮޕްގައި ބައިވެރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްސީސީން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް