ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ގދ.ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި އެ އެއަރޕޯޓުގެ 96 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގައި ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށް އެމްްއެންޑީއެފުން ބުނެއެވެ.
ފަސްޓް އެއިޑްގެ ތިއަރީއާއި އަމަލީ ބައިތައް ވެސް ހިމެނޭހެން ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މެޑިކުންގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް