އަލްޖެންޑްރޯ ގަނާޗޯ އެސްޓަން ވިލާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އަލްޖެންޑްރޯ ގަނާޗޯ އެސްޓަން ވިލާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 27 Dec 2023 | 03:44

ގަނާޗޯގެ ދެލަނޑާއެކު ފަހަތުން އަރައި އެސްޓަންވިލާ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.

މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 4 މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، މިމެޗުގެ ފުރަތަަމަ ހާފުގައި އެސްޓަން ވިލާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 21 ވަނަ މިނެޓުގައި ސްކޮޓްލޭންޑް މިޑްފީލްޑަރު ޖޯން މެގިން ކާމިޔާބުކޮށްދިން އިރު. އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ލިއަންޑާ ޑެންޑޮންކާ އެވެ.

މިއީ އެޓީމުގެ ފުރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެސްޓަންވިލާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ގަނާޗޯ އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އެވެ. އަދި މިމެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ލަނޑު ފަހުހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ.

މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 15 މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަަމަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ޔުނައިޓެޑަށް 31 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުގައި ކުޅުނު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.