N/A
N/A
ހަބަރު 22 Nov 2018 | 19:47

ސްމިތް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގަށް، އިއްޔެ މެންދުރު ކްރިމިނަލް ކޯޓް ކައިރިން ހަމަލާދިންކަމަށް ބުނެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތް) ފުލުހުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ ބަންދުން ސްމިތް ދޫކޮށްލިކަމަށް ސްމިތްވެސް ވަނީ ޓްވީޓަކުން ޔަގީންކޮށްދީފައެވެ. އޭނާ ބަންދުން ދޫކޮށްލީ ކީއްވެކަން އަދި ޔަގީންވެފައިނުވާއިރު، އިއްޔެ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ސްމިތްގެ މައްޗަށް ހަތްދުވަހުގެ ބަންދުގެ މުއްދަތުވެސް ޖަހާފައެވެ.

ސްމިތް ދޫކޮށްފައިވަނީ އޭނާ ދޫކޮށްލުމަށް އެދި ސޯޝަލް މީޑިޔާގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުން ދަނިކޮށެވެ. އަދި މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ފަރާތްތަކުން ވަނީ ސްމިތް ދޫކޮށްލުމަށް އެދި މުޒާހަރާވެސް ކޮށްފައެވެ.

ސިއްދީގަށް ދިން ހަމަލާ ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ކުށްވެެރިކުރައްވާފައެވެ. މުންދު ވިދާާޅުވީ، އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެެރިކުރާ ކަމަށާއި، މިނިވަން ކަމާއި އެކު ހިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި މި ހަމަލާާއިން ޕީޕީއެމްގެ އަޒުމަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް މުންދު ވަނީ ބަޔާންކުރައްވާފައެވެ.

ނަމަވެސް އެ ސަރަހައްދުގައި ހުރި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ މައިމޫން ބުނީ، ސިއްދީގް އަށް ސްމިތް ހަމަލާދީފައި ނުވާ ކަމަށާއި، ސިއްދީގް ފޯނު ނަގައި ވީޑިޔޯ ކުރަން އުޅުމުން، އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ސްމިތްގެ ނިޔަފަތިން، ސިއްދީގުގެ ތެޔޮހަމުން ތަންކޮޅެއް ކެނޑުނީ ކަމަށެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.