މަހަށް ގޮސް އުޅުނު ގައްދޫ މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.
ފުލުހުންގެ ބުނީ، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 05:40 އެހައިކަންހާއިރުއެވެ.
ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ.
އޭނާ ފެނުމާއެކު ން ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށާ، ގައްދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް