އަލީ ރަމީޒު
އަލީ ރަމީޒު
ރިޕޯޓް 03 Aug 2025 | 16:41

ރަލާ އެންމެ ގާތް މާހައުލުގައި ނުވަ އަހަރު މިއުޒިކު ކުޅެން، ރަލުގެ ތިއްކެއްވެސް ދުލުގައި ޖައްސައި ނުލަން

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ރަލާ އެންމެ ގާތް މާހައުލުގައި ރިސޯޓް ބާ ގައި ނުވަ އަހަރު މިއުޒިކު ކުޅެން ހޭދަކުރެވުނު ކަމަށާ ދުވަހަކުވެސް މާތްﷲ ގެ ރަހްމަތުން ރަލުގެ ތިއްކެއްވެސް ދުލުގައި ޖައްސައި ނުލައި އެ ނުބައި އަމަލުން ސަލާމަތްވުމުގެ ފުރުސަތު މިންވަރު ކުރެއްވި ކަމަށް އަލީ ރަމީޒު ވިދާޅުވެެއްޖެ އެވެ.

އާންމުންގެ މެދުގައި އެންމެ މަގުބޫލު ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގަ އެވެ.

146,000 ވުރެ ގިނަ މީހުން ފޮލޯކުރާ އަލީ ރަމީޒު ވަނީ ތ. އަތޮޅު ބުރުނީގައި ދިވެހި ރުކު ރަލަށް އިންސާފު ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ ހިއްސާކޮށްފަ އެވެ. ދިވެހި ރުކު ރަލުގެ މީރު ކަމުގެ ވާހަކަ ހިއްސާކޮށް އަދި މާތް ރަސްކަލާންގެ ހުއްދަ ކުރެއްވި ތަކެތި ހުއްދަ ގޮތުގައި ބޭނުން ކުރުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހިއްސާކުރި އެ ޕޯސްޓްގައި އަލީ ވަނީ އޭނާގެ މިއުޒިކު ހަޔާތުގެ ހަނދާނެއް ހިއްސާ ކުރައްވާފަ އެވެ.

"އަޅުގަނޑު މިއުޒިކުގެ ހަޔާތުގައި ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހޭދަކުރިއިރުގައި -- މިއުޒިކު މި ބުނީ ބާ ތަކުގައި ރިސޯޓްތަކުގައި -- އެއީ ދެން ރަލާ ވަރަށް ގާތް, އެންމެ ގާތް މާހައުލު އެއީ ދެއްތޯ ރިސޯޓެއްގައި ވެއްޖިއްޔާ. ދެން މާތްﷲ ގެ ރަހްމަތުން ٱلْحَمْدُ لِلَّٰهِ, އެޔޮއް ގާތްކޮށް އުޅެވުނު އިރުގައިވެސް, ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ ދުވަހަކުވެސް އެ ބަނގުރަލުގެ ތިއްކެއްވެސް ދުލުގަ ޖައްސައި ނުލަން. ٱلْحَمْدُ لِلَّٰهِ,"

އަލީ ވިދާޅުވީ އެއީ މާތްރަސްކަލާންގެ މިންވަރު ކުރެއްވި ބޮޑު ނިއުމަތެއް ކަމަށެވެ. އެ ނިއުމަތަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ.

"މީގައި ދެންނެވީ މިއީ ﷲގެ ރަހްމަތޭ. އެއީ ދަންނަ ވަރަށް ގިނަ މީހުން, ގާތް ވަަރަށް ގިނަ މީހުން އުނގުޅި އޭގެ ރަހަ ބަލާ އޭގެ އިސްތިއުމާލު ކުރަމުން ދިޔައިރުގައި އެކަން އަޅުގަނޑަށް ނުކުރެވޭނީ އެއީ ހަމަ ޔަގީނުން ވެސް ﷲގެ ރަހްމަތް. ٱلْحَمْدُ لِلَّٰهِ,"

ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔަތުއްސަލަފު އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޖަމިއްޔާގެ އިސް މަގާމުތަކެއް ފުރުއްވާ ދީނީ އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ އަލީ މިހާރު ވަނީ "މަންފާ" ނަމުގައި ޖަަމިއްޔާއެއް އުފައްދަވާ ކުރީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރައްވާފަ އެވެ.

ލަވަޔާ މިއުޒިކުގައި ރާއްޖޭގައި އެންމެ މަޝްހޫރުކަން ހޯދި އަލީ ރަމީޒު އެކަމުން ދުރުވީ އެއީ ދީނީ ގޮތުން ހުއްދަ ނޫން ކަމަކަށް ވާތީ އެވެ. ދިވެހީންގެ ވަރަށް ލޯބްތަކާއި އިހްތިރާމެއް އޮތް އަލީ ރަމީޒު ގެންދަނީ ދައުވަތުގެ މައިދާނުގައި ވަަރަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.

އަލީ ރަމީޒުގެ އިލްތިމާސް

މިއުޒިކުގެ ހަޔާތާއި ދުރުވުމަށް ފަހު އަލީ ވަނީ އެތައް ފަހަރެއްގެ މަތީން އާންމުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އެއީ އޭނާ ކިޔާފައިވާ ލަވަތައް ނުފެތުރުމެވެ.

އެ ލަވަތައް ޕްލެޓްފޯމްތަކަށް ނުލުމަށެވެ. އަދި އެއްވެސް މީހަކީ މިއުޒިކާއި ލަވަ ފަތުރާ މީހަކަށް ނުވުމެވެ. އެކަމުގައި އުޅޭ މީހުން އެކަމުން ދުރުވުމަށެވެ.

މި އިލްތިމާސް އަދިވެސް އޭނާ ކުރެ އެވެ. އާދޭހާއެކު އާންމުންގެ ކިބައިން އެކަމަށް އެދެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި
04 Oct 2026 ހަބަރު

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާއިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާފަ...

އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
23 Sep 2026 ދީން

އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި

ދިވެހިރާއްޖޭގައި ދީނީ ދައުވަތުގެ މައިދާނުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދީނީ އިލްމުވެރީންގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިމެނޭ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް ...

ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
13 Sep 2026 ހަބަރު

ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ "މަންފާ" ޖަމިއްޔާއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ދެވަނަ ނަމާދު ވޯކްޝޮޕް ފަށައިފި އެވެ. ނަމާދު ވޯކްޝޮޕް މި އަހ...

މަންފާ ޤުރުއާން ކޭންޕް؛ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް
23 Aug 2026 ހަބަރު

މަންފާ ޤުރުއާން ކޭންޕް؛ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފި އެވެ. އެކަމުގެ އެއްބަސްވު...

މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
12 Aug 2026 ހަބަރު

މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕް އދ. މަހިބަދޫގައި ބޭއްވުމަށް ނިންމައިފި އެވެ. "މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮނ...

އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
23 Jul 2026 ހަބަރު

އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް

މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ އެކަމުގެ ސަބަބުން މުޖުތަމައު ހީނުކުރާ ދަރަހައަކަށް ވެއްޓިގެން ހިނގައިދާނެކަމަށް މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި ހުނ...