ވޯޓު ގުނުން ކުރިއަށް، ކުރީގައި ރައީސް ޞާލިހު
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ގުނުން ކުރިއަށް ދާއިރު ކުރީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ކުރީގައި އޮތީ ރައީސް ޞާލިހު ކަމަށް ބުނެ، އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.
އޭގެތެރޭގައި ހިމެނެނީ ޓޫރިޒަމް މިނިސްޓަރ މައުސޫމެވެ.
މައުސޫމް ވަނީ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމަށް މަރުހަބާ ކިޔާފައެވެ. އަދި އަދި ކެމްޕޭން ޓީމާއި ކެމްޕޭން މެނޭޖަރާއި، ވޯޓުދިން ފަރާތްތައް ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހާ ވާދަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދުގެ ޓީމުންވެސް އަންނަނީ އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ވިދާޅުވެ މަރުހަބާ ދަންނަވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް