އެމްއާރްއެމްއިން 3000 މެމްބަރުން ހަމަ ކޮށްފި
މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ މެމްބަރުންގެ އަދަދު ހަމަ ކޮށްފިއެވެ.
އެމްއާރްއެމް ގެ ރަޖިސްޓްރާ ޝަހީދާ ކުރެއްވި ޓްވީޓެއްގައި ވަނީ 3000 މެމްބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަންއަށް އިއްޔެ ފޯމް ހުށަހަޅާފައި ކަމަށް ހާމަ ކޮށްފައެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް 3000 މެމްބަރުން ހަމަ ނުވުމާއި ގުޅިގެން ޕާޓީ އުވާލާނެކަމުގެ ނޯޓިސް ދިނުމާއި ގުޅިގެން އެމްއާރްއެމްއިން ވަނީ މެމްބަރުން ހަމަ ކޮށްފައެވެ.
ނަމަވެސް އޭރު ޕާޓީގައި ތިބީ 2900 މެމްބަރުން ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާސް ތަކުން ދައްކައެވެ.
އެމްއާރްއެމްގެ އިތުރުން 3000 މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އުވާލުމަށް ނިންމާފައިވަނީ ޑީއާރްޕީ އަދި އެމްއެލްއެސްޑީޕީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް