ފްލައި ދުބާއީ ފްލައިޓެއްގެ ފުރޮޅު ފަޅައިގެން ދިޔުމާއިއެކު ވީއައިއޭގެ ރަންވޭ ބަންދުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޕްލައި ދުބާއީ ފްލައިޓެއްގެ ފުރޮޅު ފަޅައިގެންގޮސްފިއެވެ.
މިއަދު މެންދުރު 14:18 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައި ދުބާއީގެ އެފްޒެޑް 1569 ގެ ފުރޮޅު ފަޅައިގެން ދިޔުމުގެ ސަބަބުން މިހާރު އެ އެއާޕޯޓުގެ ރަންވޭގެ ބައެއް ވަނީ ބަންދުކޮށްފައެވެ.
މިހާދިސާގައި ބޯޓުގެ އެއްވެސް ޕަސިންޖަރަކަށް އަދި ކްރޫ މެމްބަރަކަށް ގެއްލުން ލިބިފައި ނުވާ ކަމަށާއި އެއާޕޯޓް އާންމުކޮށް ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް އިން ބުނެފައިވެއެވެ.
އަދި އެއާޕޯޓް ހުޅޫވާލެވޭނެ ކަމަށޤ ލަފާ ކުރެވޭ ގަޑިއަކީ 17:00 ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް