ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލު މެޗުގެ ތެރެއިން
ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލު މެޗުގެ ތެރެއިން
ކުޅިވަރު 28 Apr 2023 | 09:04

މީދޫ ވޮލީ ޓީމް ބަލިކޮށް ޓީމް ވޯރިއަރސް ފައިނަލަށް

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލު މެޗުގައި މީދޫ ވޮލީ ޓީމް ބަލިކޮށް ޓީމް ވޯރިއަރސް ފައިނަލަށް ދަތުރުކޮއްފިއެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗު، ޓީމް ވޯރިއަރސް އިން ކާމިޔާބު ކޮށްފައިވަނީ 2-3 ސެޓުންނެވެ. 2-1 ސެޓުން މީދޫ ވޮލީ ޓީމުން މޮޅުވަމުން ދަނިކޮށް ހަތަރުވަނަ ސެޓުން ޓީމް ވޯރިއަރސް ވަނީ ނަތީޖާ ބަދަލުކޮއް މެޗު ކާމިޔާބުކޮއްފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ވޯރިއަރސްގެ ޖާރޒީ ނަންބަރ 7، ފާތިމަތު ނުސްރާ އެވެ.

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ވޯރިއަރސް ބައްދަލު ކުރާނީ، މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކާމިޔާބުކޮށްފައިވާ މަރަދޫފޭދޫ ޓީމް އައިވީވައި އާ އެވެ. ޓީމް އައިވީވައި އިން ފައިނަލް ޖާގަ ހޯދާފައިވަނީ ލީގު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ފޭދޫ ވޮލީ ކޯޓުގައި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
08 Oct 2026 ހަބަރު

އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރުމަށް އައްޑޫ މީދޫ ކައުންސިލުން ނިންމައިފިއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދު...

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް
05 Oct 2026 ހަބަރު

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް 34 ހާސް ރުފިޔާއަށް ގަނެވެން އޮތް މައިކްރޯޕައިޕެޓް ޓިޕްސްތަކެއް އެތައް ގުނަ އަގުބޮޑުކޮށް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނ...

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި
02 Oct 2026 ހަބަރު

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި

ކުރީގެ ރައީސް ޢަބްދުالله ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ. ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ޕީއެންއެފްގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށެވެ. އެމަނިކުފާނަށް މަރުހަބާ ދ...

އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
25 Sep 2026 ހަބަރު

އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަންއުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހުން ހައްޔަރުކޮށްފި އެވެ. އެ މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައި...

އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
24 Sep 2026 ހަބަރު

އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލު...

ވިއްސާރައިގައި އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
13 Sep 2026 ހަބަރު

ވިއްސާރައިގައި އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވު...