މިއަދު މެންދުރު ފަހު އިރު ގެފުޅާއި ސީދާވާނެ
މިއަދު މެންދުރު ފަހު އިރު ގެފުޅާއި ސީދާވާ މަންޒަރު ފެންނާނެއެެވެ.
މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 14:18 ވާއިރު އިރުހުނާނީ ގެފުޅާއި ދިމާލުން ސީދާ މަތީގައެވެ. އެވަގުތު ގެފުޅުގެ އެއްވެސް ދިމާލަކުން ހިޔަނި ފެންނަން ނުހުންނާނެއެވެ.
މިކަން މިހެން ވާއިރު އިރު ހުންނާނީ ގެފުޅާއި ދިމާ މަތިން 90ޑިގްރީ މަތީގައެވެ. އިރު ގެފުޅާއި ދިމާއަށް މިގޮތަށް ސީދާވުމުން ގެފުޅުގެ ހިޔަނި އެެއްކޮށް ގެއްލެއެެވެ.
މިއީ ކޮންމެ އަހަރެއްގައި 2 ފަހަރު ހިނގާ ކަމެކެވެ.
އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު 12:18 ގައި މިކަން ހިނގައިފައިވެއެވެ. އަދި ހަމަ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ 16:26 ގައި ވެސް މިކަން މިގޮތަށް ހިނގާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.
އިރާއި ގެފުޅާ ހަމަޔަށް ދިމާވާ ވަގުތު ބިންމަތީ ސީދަލަށް ހުންނަ އެއްޗެއްގެ ހިޔަނި ހުންނާނީ ގިބްލަ ހުންނަ ދިމާލަށް ސީދަލަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް