ވޯޓުލާ މަރުކަޒުގައި ވޯޓު ކަރުދާސް ހަވާލުކުރެވެނީ
ވޯޓުލާ މަރުކަޒުގައި ވޯޓު ކަރުދާސް ހަވާލުކުރެވެނީ
ދުނިޔެ 28 May 2023 | 10:23

ތުރްކިޔޭގެ ވާދަވެރި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ


ތުރްކިޔޭގެ ވާދަވެރި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި އިންތިޚާބުގެ ދެވަނަ ބުރުގައި ވަދަކުރަމުނަ ދަނީ ތުރްކިޔޭގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި އިދިކޮޅުގެ މައި ލީޑަރު ކަމަށްވާ ކަމަލް ކިލިކްޑަރޮގްލޫ އެވެ.

މި އިމްތިޚާބުގައި ވޯޓުލުމަށް 64.1 މިލިއަން މީހުން ރަޖިސްޓަރ ކޮށްފައިވެއެވެ.

މެއި 14 ގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކޮށްފައިވަނީ އުރްދުޣާންގެ ޕާޓީ ޕީޕަލްސް އެލަޔަންސް އިންނެވެ.

ރިޔާސީ އިންތިޚާބުގައި ގޮތެއް ނިމޭނީ މިއަދު ކުރިއަށް މިދާ އިންތިޚާބުގެ ދެވަނަ ބުރު ނިމުމާއި އެކުއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ކާމިޔާބު ކުރެވިފައެެއް ނުވެއެވެ.

އުރްދުޣާން ތުރްކިޔޭގައި ވެރިކަން ކުރައްވާތާ 20 އަހަރު ވެއްޖެއެވެ. މި އިންތިޚާބު އުރްދުޣާން އަށް ކާމިޔާބު ކުރެވިއްޖެނަމަ 2028 ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ހުރެވޭނެއެވެ.

އިންތިޚާބުގެ ދެވަނަ ބުރާއި ހަމައަށް އައިރު އިންތިޚާބުގެ 3 ވަނަ އަށް އައި ކެނޑިޑޭޓު އަލްޓްރާ ނޭޝަނަލިސްޓް ސިޔާސީ ލީޑަރު ސިނާން އޮގަން، ވަނީ އުރްދުޣާން އަށް ތާއިދު ކުރައްވައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.