ރަޖަބް ޠައްޔިބް އުރްދުޣާން
ރަޖަބް ޠައްޔިބް އުރްދުޣާން
ދުނިޔެ 28 May 2023 | 16:56

ތުރްކިޔޭގެ ރިޔާސީ އިންތިހާބު އުރްދުޣާން ކާމިޔާބު ކުރައްވައިިފި

މިއަދު ކުރިއަށްދިޔަ ތުރްކިޔޭގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ 52 އިންސައްތަ ރަޖަބް ޠައްޔިބް އުރްދުޣާން ހޯއްދަވައި ތުރްކިޔޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިއެެވެ.

އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް 96 އިންސައްތަ ފޮށީގެ ވޯޓު ގުނިފައިވާއިރު އުރްދުޣާން އަށް 52.3 އިންސައްތަ ވަނީ ކާމިޔާބުވެފައެވެ. އަދި ކިލިކްޑަރޮގްލޫ އަށް 47.7 އިންސައްތަ ވަނީ ކާމިޔާބު ވެފައެވެ.

ނަތީޖާ ތަކުން ދައްކަނީ އުރްދުޣާން އަށް އޮތް ތާއީދު ބޮޑުކަމެވެ. ވޯޓުގެ ނަތީޖާތައް މިހެން ދައްކަމުން ދާއިރު ތުރްކިޔޭގެ މަގުތައް މަތީގައި މިހާރުން ފެށިގެން އުރްދުޣާންގެ ސަޕޯޓަރުން ދަނީ އުފާ ފާޅު ކުރަމުންނެވެ.

އަރަބި އިސްލާމީ ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލީޑަރުން މިހާރު ދަނީ އުރްދުޣާން އަށް މަރުހަބާ ކިޔަމުންނެވެ.

މި އިންތިޚާބު އުރްދުޣާން އަށް ކާމިޔާބު ވުމާއި އެކު އޭނާގެ 20 އަހަރުގެ ދައުރަށް އިތުރު 5 އިތުރު ވެގެން ދާނެއެެވެ. މިއީ ތުރްކިޔޭގެ ރައްޔިތުން އުރްދުޣާންގެ ވެރިކަން އިޚްތިޔާރު ކުރި 5 ވަނަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.