ހުޅުމީދޫ ވެމްކޯ މެނޭޖަރު މަސްތުގެ ޙާލުގައި ހުއްޓާ ހައްޔަރުކޮށްފި
ހުޅުމީދޫ ވެމްކޯ ބްރާންޗުގެ މެނޭޖަރު އަހުމަދު ލިރާރު މަސްތުގެ ޙާލުގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.
"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި މީދޫއިން ނެވެ. އަދި ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލުގައިކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭގޮތުގައި ލިރާތު މިވަގުތު ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އެކަމާއި ގުޅޭގޮތުން މިހާތަނަށް އަދި ފުލުހުން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ލިރާރުގެ ބަންދާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލާއި ގުޅުމުން، ފޯނަށް ޖަވާބުދެއްވާފަ އެއް ނުވެއެވެ.
އަދި އެކަމާއި ގުޅޭގޮތުން "ވޮއިސް" އިން ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަށް ވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް