ގުރުއާން އެންދުމުގައި އިސްކޮށް އުޅުނު ސަލްވާން
ގުރުއާން އެންދުމުގައި އިސްކޮށް އުޅުނު ސަލްވާން
ދުނިޔެ 28 Jun 2023 | 15:45

މިއަދުވެސް މިސްކިތެއްގެ ބޭރުގައި ހަތިމެއްގެ ތެރެއަށް އޫރުމަސް އަޅައި، ހަތިމް އަންދައިފި!

މި ބަރަކާތްތެރިވެގެންވާ އަޟުހާ ޢީދު ދުވަހުވެސް ސްވިޑެންގެ މިސްކިތެއްގެ ބޭރުގައި ހަތިމުގެ ތެރެއަށް އޫރު މަސް އަޅައި،  ހަތިމް އިރައި އަންދާލުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

އީރާނުގެ ސަލްވާން މޮމިކާ ނަމަކަށް ކިޔާ، އެ މީހާ އެކަން ކޮށްފައި ވަނީ، ސްވިޑެންގެ ކޯޓަކުން އެކަމަށް ހުއްދަވެސް ނަގައިގެންނެވެ. އެގޮތުން، އެ ހުއްދައަށް އޭނާ ފުރަތަމަ އެދުމުން، ސްވިޑެންގެ ކޯޓުން އެކަމަށް ހުއްދަ ނުދިނުމުން ފަހުންވެސް އަލުން އެދިގެން އޭނާ ވަނީ، މިސްކިތުގެ ބޭރުގައި މާތް ވެގެންވާ ކީރިތި ޤުރުއާން އެންދުމުގެ ހަރަކާތެއް ހިންގުމުގެ ހުއްދަ ހޯދާފައެވެ.

އަދި ސްވިޑެންގެ ފުލުހުންގެ ފުރިހަމަ ހިމާޔަތާއި އެކުގައި އޭނާ އެކަން ކޮށްފައިވާއިރު، އެކަން ހުއްޓުވުމަށް މުސްލިމުން ވަނީ އެ ސަރަހައްދަށް އެއްވެ ވަނީ ތަކުބީރުގެ އަޑުން އެ ސަރަހައްދު ގުގުމާލުވާފައެވެ. އެތަނުން މީހަކު، ސަލްވާން އާއި ދިމާއަށް އޮއްގާ އުކަން އުޅުމުން ފުލުހުން ވަނީ އެ އޮއްގާ އުކަން އުޅުނު މީހާ ހައްޔަރުކޮށްފައެވެ.

ސްވިޑެން ގެ ސަރުކާރުން މިފަދަ ހަރުކަށި އިހުތިޖާޖަކަށް ފުރުސަތު ދޭން ނިންމުމުން ތުރުކިޔޭގެ އިއުތިރާޒުތަކާއެކު ސްވިޑަން އަށް ނޭޓޯގައި ބައިވެރިވުމުގެ ފުރުސަތަށް ހުރަސް އެޅިގެންދާނެ  ކަމަށް ބެލެވެ އެވެ. އެހެނީ މީގެ ކުރިންވެސް އެ މައްސަލާގައި ތުރުކިޔޭ އާއި ސްވިޑެންގެ ގުޅުން ވަނީ ހީނަރު ވެފައެވެ.

އެގޮތުން، މީގެ ކުރިން، މި އަހަރުގެ ކުރީ ކޮޅުގައިވެސް، ސްވިޑަންގައި ހުންނަ ތުރުކިޔޭ އެމްބަސީ ކުރިމަތީގައި ފުލުހުންގެ ހިމާޔަތުގައި ކީރިތި ޤުރުއާން އަންދާފައިވާއިރު، އޭގެ ސަބަބުން ސްވިޑަން އަށް ނޭޓޯގައި ބައިވެރިވާން ފުރުސަތު ދިނުމަށް ތުރުކިޔޭ އިން އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށް ތުރުކިޔޭ އިން ވަނީ ބުނެފަ އެވެ.

ނޭޓޯގެ އުސޫލުތައް އޮންނަ ގޮތުން އާގައުމަކަށް މެންބަރުކަން ދެވޭނީ ހުރިހާ މެންބަރު ގައުމަކުން ވެސް އެކަމަށް ރުހުން ދިނުމުންނެވެ.

މީގެ ކުރިން ތުރުކިޔޭ އިން ބުނެފައިވާ ގޮތުގައި ސްވިޑެން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ރުހުން ދެވޭނީ 2016 ވަނަ އަހަރު އެގައުމަށް ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިންނާއި އަދި ކުރުދީ ހަނގުރާމަވެރިންގެ މައްސަލައިގައި މަޝްވަރާ ކޮށްގެން ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާއި ހުރެ ދެ ގައުމުގެ ދެމެދުގައި އެކަމަށް އެއްބަސްނުވެވި ވަނިކޮށް، އެކަމާ ނުރުހުން ފާޅުކުރުމުގެ އަމަލެއްގެ ގޮތުން، ތުރުކިޔޭ ވިލާތުގެ ދިދައަށް ފަޔައި އަރައި، ގުރުއާން އެންދުމުގެ ހަރަކާތްތައް ސްވިޑެން އިން ވަނީ ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.