ރައީސް ނަޝީދު ހަފްތާ މަޖައްލާއެއް ނެރުއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ނޫސް މަޖައްލާއެއް ނެރުއްވުމަށް ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝީދުގެ ޕަބްލިޝިން ހައުސް, އޯޝަން ޕަބްލިޝާޒްއިން ނެރޭ މި މަޖައްލާގެ ނަމަކީ ''އޯޝަން ވީކްލީ'' އެވެ.
ކޮންމެ ހުކުރު ދުވަހަކު ނެރޭ އެ މަޖައްލާގެ އަގަކީ 50 ރުފިޔާއެވެ. އެ މަޖައްލާ ބުކްޝޮޕްތަކުންނާއި ބައެއް ސައިހޮޓާތަކުންނާއި ކެފޭ، ރެސްޓޯރެންޓްތަކުން ލިބެން ހުންނާނެއެވެ.
މި ހަފުތާ މަޖައްލާގެ ފުރަތަމަ އަދަދު މި މަހުގެ 30 ގައި ނެރޭނެކަން އިއުލާނުކޮށްފައިވާ އިރު، ފުރަތަމަ އަދަދުގެ މައިގަނޑު މައުލޫތައް އަމާޒުކޮށްފައި ވަނީ ޓެކްސްގެ ނިޒާމަށާއި ސަރުކާރުގެ އާމްދަނީ އިތުރުވުމާއި ތަކެތީގެ އަގު އުފުލުމާ ގުޅޭ ގޮތުންނާއި ތިމާވެއްޓާއި އިޖުތިމާއީ މައްސަލަތަކާއި ކުޅިވަރާ ގުޅޭ ގޮތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް