އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އައި ކެއާރ އިން ލޯ ސްކްރީނިންގް ހިލޭ!
އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އައި ކެއާރ އޮޕްޓިކަލްސްއިން އައި ސްކްރީނިންގް ހިލޭ ކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން އާއި ގުޅިގެން މައުލޫމާތު ދެމުން އުރީދޫއިން ބުނީ، މިއީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ޕްރޮމޯޝަން އެއް ކަމަށެވެ.
އަދި ޕްރޮމޯޝަން ގެ ދަށުން އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އައި ކެއާރ އޮޕްޓިކަލްސްއިން އައި ސްކްރީނިންގް ހިލޭ ކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ކްލަބް ޕްރިމިއާ އަކީ ގިނަ ފައިދާތަކެއް ލިބޭ ހިދުމަތެކެވެ. ކްލަބް ޕްރިމިއާ ސިލްވާ މެމްބަރުންނަށް ރާއްޖޭގެ މަގުބޫލު ބްރޭންޑުތަކުން ޑިސްކައުންޓާއި ކްލަބް ޕްރިމިއާ ލައުންޖު އެކްސެސް އާއި އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ހިދުމަތްތައް ލިބޭނެ އެވެ. އަދި ގޯލްޑާއި ޕްލެޓިނަމް މެމްބަރުންނަށް މި ހިދުމަތްތަކުގެ އިތުރުން ލައިފް އިންޝުއަރެންސާއި ޕްރަޔޯރިޓީ ޕާސް ލިބޭނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް