އާޒިމާ ޝަކޫރު
އާޒިމާ ޝަކޫރު
ހަބަރު 28 Oct 2022 | 03:16

ޢާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ނުދޭ: އާޒިމާ

މަރުވެފައިވާ މައްޔިތާގެ ޢާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ދައުލަތަށް ދީފައި ނުވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި ގާނޫނީ ދާއިރާއިން ފުންނާބު އުސް ފަރާތެއް ކަމަށްވާ އާޒިމާ ޝަކޫރު، ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ.ހޯޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް ނިޔާވި، ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ޢާއިލާއާއި ހަވާލު ކުރުމަށް ޢާއިލާއިން އެދެމުން ދިޔަނަމަވެސް، އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އަދި އެ މައްސަލަ މިހާރު ބަލަމުންދާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ރޭ ނެރުނު ބަޔާނުގައިވެސް ފުލުހުންގެ އެ ނިންމުން ބަދަލު ނުކުރާ ކަމަށާ، އެ ކޮމިޝަނުންވެސް ނިންމާފައިވަނީ ޕޯސްޓްމޯޓަމް ހެދުމަށް ކަމަށް ކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެއީ އެގޮތަށް ނުކުރެވޭނެ ކަމެއް ކަން ހަމާކޮށް އާޒިމާ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އަކީ ވަރަށް ސާފުކޮށް އެނގެން އޮތް އެއްޗެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ވާގޮތުން އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް 24 ގަޑިއިރަށްވުރެ ގިނަ އިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރު ކުރުމަށްފަހު އެކަމަށް ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ. އަދި އެ މާއްދާއިން މަރުވެފައި އޮތް މީހަކު އިސްތިސްނާ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއާއެކު އާޒިމާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާ ނަމަވެެސް އެއްވެސް މީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގޭނީ އޭނާގެ ހުއްދައާއި ލައިގެން ކަމަށެވެ. އަދި އެ ހުކުމް މަރުވެފައި އޮންނަ މައްޔިތާއަށްވެސް ހިނގާނެ ކަމަށާ، އެގޮތަށް އެހެން އޮތީ އަދި މިހާތަނަށް ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭ ގާނޫނެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެ ހުކުމަށް ބަލާއިރު މައްޔިތާގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ޝަރުޢީ ބަލަދުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނުމުން ކަމަށާ އެ ނޫން ގޮތަކަށް، ޕޮލިސް ތަހުގީގަށް ޕޯސްޓްމޯޓަމް ހަދަން ބޭނުން ނަމަ، ކޯޓުގެ އަމުރެއް ހޯދަން ޖެހޭނެކަން ވެސް އާޒިމާ ފާހަގަކުރެއްވިއެވެ.

އަދި މިހާރު އާއިލާ ނުވަތަ ވާރިސުން ހަށިގަނޑު ހޯދަން ބޭނުން ނަމަ، އާއިލާ އާއި ހަށިގަނޑު ހަވާލުނުކޮށް ބޭއްވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ.

"މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެކެވެ. ޢާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފަހެއްޓުމުގެ ބާރެއް، ރާއްޖެއިން ފުރުވާލުމުގެ ބާރެއް އަދި ޕޯސްޓްމޯޓަމް ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަކަށް ލިބިއެއް ނުދެއެވެ. އެހެންކަމުން ޢާއިލާގެ ނުރުހުމުގައި އެކަން ކުރެވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ."

އާޒިމާ ޝަކޫރު

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.