ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ހަބަރު 28 Oct 2026 | 11:30

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި

ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް އަމަލުކުރުން ހުއްޓުވުމަށާއި، ދައުލަތުގެ އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދުމުގެ ގޮތުން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި މި ބިލަކީ ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމު ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

މި ބިލު މަޖިލީހުން އަނބުރާ ގެންދެވިކަން ކަށަވަރުކޮށްދެއްވަމުން މެންބަރު ރިފާއު ވިދާޅުވީ، ބިލު އަނބުރާ ނެންގެވީ އޭގައި އިތުރަށް ބަލައި ދިރާސާކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ކަމަށެވެ. މީގެ ކުރިން މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ދެ ފަހަރެއްގެ މަތިން މި ބިލުގެ މަސައްކަތް ހިމެނުމަށްފަހު ވަނީ އުނިކޮށްފައެވެ.

ހުށަހެޅުނު އިސްލާހުގައިވާ ގޮތުން، ގާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމާ ބެހޭ ހާއްސަ މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ޖިސްމާނީ ނުވަތަ ނަފްސާނީ ބޮޑެތި އަނިޔާތައް ދިނުން ފަދަ އަމަލުތަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.

އޭގެ އިތުރުން، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ކަންތައްތަކުގެ ތެރެއިން، މުހިންމު އުމްރާނީ ވަސީލަތްތަކަށާއި އެއާ ގުޅުންހުރި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުންދިނުން ކުށަކަށް ހެދުން ވެސް މި ބިލުގައި އަސާސީ ކަމެއްގެ ގޮތުގައި ހިމެނެއެވެ.

މި ބިލާ ގުޅިގެން އާންމުންގެ މެދުގައި ވަނީ އެކި ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިފައެވެ. ހާއްސަކޮށް ރަސްމާލެ މަޝްރޫއާ ގުޅިގެން ކުރެވޭ ފާޑުކިޔުންތައް ހުއްޓުވުމަށް ގެންނަ އިސްލާހެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، ބަންޑާރަނައިބު އަޙުމަދު އުޝާމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، މިއީ ބައިނަލްއަގުވާމީ މުއާހަދާއަކަށް އަމަލުކުރުމުގެ ގޮތުން ހުށަހެޅި ބިލެއްކަން ސާފުކޮށްދެއްވާފައެވެ.

ސަރުކާރުން މި ބިލު ހުށަހަޅާފައިވަނީ، ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނދިވަޅެއްގައެވެ. އެގޮތުން، ރަސްމާލޭ މަޝްރޫއާ ގުޅިގެން އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިހާތަނަށް ރަސްމީ ގޮތުން އެއްވެސް ގޮތަކަށް ދެކޮޅު ހަދާފައި ނުވީނަމަވެސް، އެ ޕާޓީން ރަސްމާލެ މަޝްރޫއާ ގުޅުންހުރި ކަންތަކުގައި ކުރިއަށްދާނެ ގޮތާމެދު ބާއްވާ އެ ޕާޓީގެ ކުއްލި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އޮންނާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި
28 Oct 2026 ހަބަރު

ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި

މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވެއެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި
28 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި

ޙައްޖު ކޯޕަރޭޝަނުން 2026 ގެ ޢުމްރާ ދަތުރުތަކުގެ ތާވަލު އިޢުލާންކޮށް، ރަމަޟާން، ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރުގެ ދަތުރުތަކަށް "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ
28 Oct 2026 ހަބަރު

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އެމްޑަބްލިޔުއެސްސީން މިހާރު ނަގަމުންދާ މީޓަރުގެ ރީޑިންގްތަކަކީ، ބިލް ކުރުމުގެ އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންގްތަކެއް ކަމަށާއި، ކަސްޓަމަރުންނަށް ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގެ ބިލިންގ ސައިކަލުގައި ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ )އެމްޑަބްލިޔުއެސްސީ( އިން ހާމަކޮށްފިއެވެ.

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު
28 Oct 2026 ހަބަރު

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން )32އ( އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު )34އ( އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ )34އ( އެވެ.

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
28 Oct 2026 ހަބަރު

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ވަޒީރުންގެ ކާރު އެލަވަންސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އެލަވަންސްބޮޑުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
28 Oct 2026 ހަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން )މީޑިއާ ކޮމިޝަން( ގެ ރައީސް ކަމާއި، އެ ކޮމިޝަނުގެ މަޤާމުން މުޙައްމަދު ފަރުޞަތު އިސްތިއުފާ ދެއްވައިފިއެވެ.