އެމްޑަބްލިޔުއެސްސީ
އެމްޑަބްލިޔުއެސްސީ
ހަބަރު 28 Oct 2026 | 08:22

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އެމްޑަބްލިޔުއެސްސީން މިހާރު ނަގަމުންދާ މީޓަރުގެ ރީޑިންގްތަކަކީ، ބިލް ކުރުމުގެ އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންގްތަކެއް ކަމަށާއި، ކަސްޓަމަރުންނަށް ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގެ ބިލިންގ ސައިކަލުގައި ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރެފައިވާ ނޯޓިސްއެއްގައި ވާގޮތުން، ދެކުނުގެ ދެ ސިޓީގެ ފެނުގެ ޚިދުމަތް އެ ކުންފުންޏާ ހަވާލުކުރެވިފައިވާއިރު، މިހާރު ކުރިއަށްދަނީ އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) އަދި ފުވައްމުލައް ސިޓީގެ ގޭބިސީތަކުގެ މީޓަރު ރީޑިންގ ނެގުމުގެ މަސައްކަތެވެ. މިއީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމުގެ ގޮތުން ކަނޑައެޅޭ "ބޭސް ރީޑިންގ" އެވެ.

އެ ކުންފުނިން ބުނީ، ފުރަތަމަ ނެގޭ މި ރީޑިންގް އަށް ފަހު ބޭނުންކުރެވޭ ފެނުގެ މިންވަރަށް ބިނާކޮށް، އެމްޑަބްލިޔުއެސްސީގެ ފުރަތަމަ ބިލްތައް ކަސްޓަމަރުންނަށް ފޮނުވޭނީ ނޮވެންބަރު 2026 ގެ ބިލިންގ ސައިކަލުގައި ކަމަށެވެ.

މީގެއިތުރުން، މީޓަރ ރީޑިންގ ނެގުމުގެ މަސައްކަތް ނިމުމުން، "ފުރަތަމަ ރީޑިންގ" ގެ ގޮތުގައި ރެކޯޑުކުރެވުނު އަދަދު ކަސްޓަމަރުންނަށް އެސްއެމްއެސް (SMS) މެދުވެރިކޮށް ފޮނުވާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.

އަދި މިކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ނަންބަރު 1575 އަށް ގުޅުއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީތަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ދިން ނަމަވެސް، އެކުންފުނި އުވާލާތީ ޚިދުމަތް ވަނީ، އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި
28 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި

ޙައްޖު ކޯޕަރޭޝަނުން 2026 ގެ ޢުމްރާ ދަތުރުތަކުގެ ތާވަލު އިޢުލާންކޮށް، ރަމަޟާން، ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރުގެ ދަތުރުތަކަށް "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު
28 Oct 2026 ހަބަރު

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން )32އ( އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު )34އ( އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ )34އ( އެވެ.

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
28 Oct 2026 ހަބަރު

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ވަޒީރުންގެ ކާރު އެލަވަންސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އެލަވަންސްބޮޑުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
28 Oct 2026 ހަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން )މީޑިއާ ކޮމިޝަން( ގެ ރައީސް ކަމާއި، އެ ކޮމިޝަނުގެ މަޤާމުން މުޙައްމަދު ފަރުޞަތު އިސްތިއުފާ ދެއްވައިފިއެވެ.

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.