ޚިދުމަތްތަކަށް 1575، ކުއްލި ޙާލަތަށް 105: އެމް.ޑަބްލިޔު.އެސް.ސީގެ ނަންބަރުތައް ހަނދާން އެބަހުރިތަ؟
މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިންކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް،ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުންފުނީގެހޮޓްލައިން ނަންބަރުތަކަށް ދާދިފަހުން ވަނީ ބަދަލުތައް ގެނެސްފައެވެ.
ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި ޢާންމު އެހީތެރިކަންހޯދުމަށް މިހާރު ޚާއްޞަކުރެވިފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އެވެ.
މި ނަންބަރުގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިންދަންވަރު 12:00 އަށް ލިބެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި،އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނުސްކްރީނުން ފެންނާނީވެސް މި ނަންބަރެވެ.
މީގެއިތުރުން، ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ޙާލަތްތަކުގައި ގުޅުމަށް ޚާއްޞަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިން ކަމަށް އެކުންފުނިން ބުނެއެވެ. މިނަންބަރުގެ ޚިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށްދެމުންގެންދާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދިފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ކަސްޓަމަރުންގެ ބޭނުންތަކަށްރިޢާޔަތްކޮށް، ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުރުމަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް